ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ކުށެއް ކަމަށް ކަނޑައަޅަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.
11 ސެޕްޓެމްބަރ 2019
ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ކުށެއް ކަމަށް ކަނޑައަޅަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.
ޓެރަރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާއި ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމާއި ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދާން އުޅުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެކެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިހާރު ފޮނުވާފައިވާ ޓެރަރިޒްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައިފަ އެވެ.
ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ބިލްގައި ލާޒިމް ކުރެ އެވެ.
ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓް ޖަމާއަތަކަށް އެ ފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލުފާޅުކުރުން އެއީ ކުށެއް ކަމަށް ބިލްގައިވެ އެވެ.
ހަނގުރާމަ އަށް ދިޔަ ބަޔަކު ސީރިއާގައި ހަތިޔާރާ އެކު
މީގެއިތުރުން ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތައް ކުރިއެރުވުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތަކަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ފާޅުގައި ތާއީދުކުރާ ފަރާތަކަށް ވާހަކަ ދެއްކުމުގެ ނުވަތަ ތަގްރީރު ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ބައްދަލުވުމެއްކަން އެނގިހުރެ، އެފަދަ ބައްދަލުވުމެއް ރޭވުން ނުވަތަ އިންތިޒާމް ކުުރުން ނުވަތަ ރޭވުމުގައި ނުވަތަ އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ.
ވަކި ބައްދަލުވުމަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމަށް ގޮވާލުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތެއްގެ ހރަކާތްތައް ކުރިއެރުވުމަށް ބާއްވާ ބައްދަލުވުމެއްކަން އެނގި ހުރެ، އެ ބައްދަލުވުމުގައި ވާހަކަ ދެއްކުން ނުވަތަ ތަގްރީރު ކުރުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ވަނީ ބިލްގައި ހިމަނައިފަ އެވެ.
ބިލްގައި ބުނީ ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމަކީ ވެސް ކުށެއް ކަމަށެވެ.
މި ކުށްތައް ކުރާ މީހެއްގެ އަދަބަކީ ބިލްގައިވާ ގޮތުން ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.
އާންމު ތަނެއްގައި އެމީހަކު ބޭނުން ކުރާ އަންނައުނުގައި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ ކަން ދޭހަވުމާއި އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅެ، ބޭނުން ކުރުމަކީ ވެސް ކުށެއް ކަމަށް ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައިވެ އެވެ. ބިލްގައިވާ ގޮތުން މި ކުށުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ތުރުކީ- ސީރިއާ ސަރަހައްދީ ރޮނގު ކައިރީގައިވާ ތުރުކީގެ ޓޭންކެއްގައި ސިފައިން އިށީނދެލައިގެން. --ފޮޓޯ:އޭއެފްޕީ
ބިލްގައި ބުނެފައިވާ އެހެން ކުށްތަކުގެ ތެރޭގައި ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ކުށެކެވެ. ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ.
ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ބިލްގައި ވަނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން ފަދަ ކަންކަމެވެ.
އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަކީ ވެސް ކުށެއް ކަމަށް ބިލްގައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ އަމަލުތަކެއް ކަމަށް ވެސް ބިލްގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތަށް، މިފަދަ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
މެމްބަރުންގެ ރުޅިގަނޑު ހަރުކަށި މީހުންނަށް!
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ ނަޝީދުގެ ނުރުހުން
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!
ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ
އަނދިރި ދައުލަތަށް ދީލާލަދިޔަ ދީގެން ނުވާނެ: އީވާ