16 ސެޕްޓެމްބަރ 2019
ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރުކޮށް، ޕާޓީ ވަރުގަދަ ކުރަން ބާއްވާ ސޮއިކުރުމުގެ ހަފުލާތަކުން، އެ ޕާޓީގެ އިސް މަގާމްތައް ފުރުއްވާ ބޭފުޅުން "ގެއްލިއްޖެ" އެވެ.
ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރުކޮށް، ޕާޓީ ވަރުގަދަ ކުރަން ބާއްވާ ސޮއިކުރުމުގެ ހަފުލާތަކުން، އެ ޕާޓީގެ އިސް މަގާމްތައް ފުރުއްވާ ބޭފުޅުން "ގެއްލިއްޖެ" އެވެ.
ދެން އޮންނަ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމުގެ އަޒުމާ އެކު އެ ޕާޓީ ބޮޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިސްވެ ހުންނަވައި މެމްބަރުން އިތުރުކުރުމުގެ ހަފުލާތައް ވެސް އަންނަނީ ބާއްވަމުންނެވެ.
އެކަމަކު ފަހަކަށް އައިސް ބާއްވާ މިފަދަ ހަފުލާތަކުގައި ޕާޓީގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައެއް ނުގަނެ އެވެ. ޕީޕީއެމްގައި އިސްކޮށް އުޅުއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އަދި ނައިބު ރައީސް އަބްދުﷲ ޖިހާދު ސޮއި ކުރައްވަން ބޭއްވި ރަސްމިއްޔާތުން ވެސް ފެނުނީ ޖޭޕީގެ ލީޑަޝިޕްގެ މަދު ބޭފުޅުންކޮޅެކެވެ.
އެ ރަސްމިއްޔާތާއި އޭގެ ފަހުން ބޭއްވި ރަސްމިއްޔާތުގައި ވެސް ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އެޑްވައިޒަރު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަލީ އާޒިމާއި ޕާޓީގައި ހަރަކާތްތެރި، ތިމަރަފުށީ ދާއިރާގެ ޖޭޕީ މެމްބަރު އަބްދުﷲ ރިޔާޒާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އިދާރީ ހިންގުމުގެ އިސް ދައުރެއް ޕާޓީގެ ރައީސާ ހަވާލުކޮށްފައިވާ އިރު، ނައިބު ލީޑަރުން ހާއްސަކޮށްފައި ވަނީ ސިޔާސީ މަސައްކަތަށެވެ.
ނައިބު ލީޑަރުންގެ ތެރެއިން އަމީން އިބްރާހިމާއި އަހްމަދު ފަޔާޒް (އެފްއޭ) ދިރިއުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުން، އެ ޕާޓީގެ ލީޑަރު ގާސިމް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ޖޭޕީ
ޕީޕީއެމްގައި އުޅުނު ގިނަ ބަޔަކު ވެރިކަން ބަދަލުވުމާ އެކު ޖުމްހޫރީ ޕާޓީއާ ގުޅޭތީ ވެސް އެ ޕާޓީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުއްޓެވެ. އެ ޕާޓީގެ ރަސްމީ ގްރޫޕްތަކުގައި ބައެއް މެމްބަރުން ހިތްހަމަނުޖެހުން ވެސް ފާޅުކުރި އެވެ.
ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އޮތް އިރު، ސަރުކާރާ އިދިކޮޅު ފިކުރުގެ ބަޔަކު ޖޭޕީއާ ގުޅޭތީ ވެސް ސުވާލު އުފައްދަ އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުންތަކާއި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުތަކަށް ޕާޓީގެ އިސް ބޭފުޅުންނަށް ވަގުތު ދެއްވޭ މިންވަރަކުން ވަޑައިގަންނަވާ ކަމަށެވެ. ބައެއް ބޭފުޅުންނަކީ ސަރުކާރުގެ ވަޒީރުންނަށް ވާތީ ވަގުތުގެ ދަތިކަން ކުރިމަތިވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ފަހުން ބޭއްވި ޖަލްސާތަކުގެ ކުރީ ސަފުން "ލީޑަޝިޕް ގެއްލިއްޖެ" ކަަމަށް އޭނާ އަށް މާނަ ނުކުރެއްވޭ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
ޕީޕީއެމްގައި އިސްކޮށް އުޅުނު ބަޔަކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން ޕާޓީ ތެރޭގައި ހިޔާލުތަފާތުވުން އުފެދުނު ކަމަށް ކުރާ ތުހުމަތު ވެސް ހުސެއިން ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ޕާޓީއަކީ ގުޅެން ބޭނުންވާ ކޮންމެ މީހަކަށް ފުރުސަތު އޮތް ޕާޓީއެއް ކަން އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް މާ ބޮޑަށް ސާފުވެވަޑައިގަންނަވާނެ އެވެ.
"ހިތް އެދޭ މީހުންނާއި ހިތް ނޭދޭ މީހުން ވެސް ޕާޓީއާ ގުޅޭނެ. ޕާޓީގެ ލީޑަޝިޕަށް އެކަން އެނގިވަޑައިގަންނަވާނެ،" ހުސެއިން ވިދާޅުވި އެވެ.
ގާސިމް ރޭ ވިދާޅުވި ގޮތުގައި ޕާޓީ ބޮޑުކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދުމަކީ އަމާޒެކެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް ވުރެ އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭޕީ އަބަދު ތިން ވަނާގައި އޮންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ވަނަ ޕާޓީގައި އަދި އެއް ވަނަ ޕާޓީގެ ގޮތުގައި ވެސް [ޖޭޕީ] އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
މި މަސައްކަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގެ ބައިވެރިވުން ނުފެނުމަކީ ސުވާލު އުފައްދާނެ ކަމެކެވެ.
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟
ޔާމީން ޖަލަށް ލުމަކީ ވައުދެއް، ގާސިމާ ގުޅުމެއް ނެތް!
ޕީޕީއެމް/ޖޭޕީ: ހިތްހަމަނުޖެހުމާއި ކޯޅުންގަނޑެއްގައި!
ޔާމީން އާއި ޖޭޕީ ގުޅޭނެ ހާލަތެއް ނާންނާނެ: ރިޔާޒް
"ނާށިގަނޑަށް ލާރިއެއް ވައްޓާލައިފި ނަމަ ހިފަން ތައްޔާރު"
މެމްބަރު މުބީނާއި ގާރީ ރަޝީދު ޖޭޕީއަށް ސޮއިކުރައްވައިފި
ޖޭޕީގެ މެމްބަރުން އެނބުރި އައުމަށް އަންގަނީ
މައުމޫން ވިދާޅުވަނީ ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށް
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
ގާސިމަށް ފިއްތުން އެބަ ކުރިމަތިކުރޭ: މައުމޫން