ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި އޮތް ނަމަވެސް، އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
21 ސެޕްޓެމްބަރ 2016
ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި އޮތް ނަމަވެސް، އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އޮޑިޓް އޮފީހުން މި މަހު އާއްމު ކުރި އެޑިއުކޭޝަން މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތައުލީމީ ފަންޑުން، 1992 އަހަރުން 2014 ވަނަ އަހަރާ ހަމައަށް، އެކި ސްކޫލުތަކާއި ކޮލެޖްތަކަށް ލޯނުގެ ގޮތުގައި 5.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި މަތީ ތައުލީމަށާއި ޓީޗަރުންގެ ކުރިއެރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 6.2 މިލިޔަން ރުފިޔާ މިހާތަނަށް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް ޖުމްލަ ލިބެން ޖެހޭ 12.6 މިލިޔަން ރުފިޔާ އެބަހުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން ވިދާޅުވީ މިނިސްޓްރީން ދޫކުރާ ލޯނުތަކަށް އަނބުރާ ފައިސާ ނުދައްކާ މީހުންނާ މެދު އަމަލުކުރަނީ މާލިއްޔަތު ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި ބައެއް މައްސަލަތައް ޝަރުއީ މަރުހަލާއާ ހަމައަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯނުތައް ނުދައްކާ ފަރާތްތަކަށް އެ އަނބުރާ ދައްކަން އަންގައި އަދި އެ ފަރާތްތަކުގެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދާނެ ކަމަށް އަންގައި އަދި ކޯޓު މަރުހަލާއަށް ގެންދިއުމަށް މަސައްކަތް ކުރިއަށް ގެންދަމުން މިއަންނަނީ،" މުހުސިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނބުރާ ފައިސާ ހޯދަން އެޑިއުކޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހުންނާނެ މުހުސިން ވިދާޅުވި އެވެ.
މިދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
ތައުލީމީ ފަންޑުން ދޫކުރި 8 މިލިއަން ރުފިޔާ ނުލިބޭ!
އެޑިއުކޭޝަނުން ގަވާއިދާ ޚިލާފަށް 8 ލައްކަ ހަރަދުކުރި
ދަރިވަރުންގެ ލޯނަށް ދިން 130 މިލިއަން ރުފިޔާ ނުލިބޭ
ތައުލީމީ ފަންޑުން ދޫކުރި ގިނަ ލޯނު އަނބުރާ ނުދައްކާ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
ސެޕްޓެމްބަރުގެ ނިޔަލަށް ސްކޫލްތައް އޭސީކޮށް ނިންމަނީ
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ