ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާ ހުރި އިރު، މިހާތަނަށް އަށް މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.
10 ޑިސެމްބަރ 2017
ތައުލީމީ ފަންޑުން އެކި ފަރާތްތަކަށް ދޫކުރި ބައެއް ލޯނު، އެތައް އަހަރެއް ވީއިރު ވެސް އަނބުރާ ނުދައްކާ ހުރި އިރު، މިހާތަނަށް އަށް މިލިއަން ރުފިޔާ ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި، ނެރުއްވި އެޑިއުކޭޝަން މިނިސްޓްރީގެ 2015 ގެ އޮޑިޓް ރިޕޯޓުގައިވަނީ މިނިސްޓްރީން ބަލަހައްޓާ ތައުލީމީ ފަންޑުން 1987 އިން 2010 އާ ދެމެދު ސްކޫލްތަކާއި ކޮލެޖުތަކާއި ޖަމިއްޔާތަކަށް ލޯނުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކުރި އިރު، އެއްބަސްވުމާ އެއްގޮތަށް އެ ތަންތަނުން ފައިސާ ނުދައްކާ ކަމަށެވެ. އެގޮތުން ލޯނުގެ ގޮތުގައި ދޫކުރި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މިނިސްޓްރީން އަމަލުކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން މަތީ ތައުލީމް ހާސިލް ކުރުމަށާއި ޓީޗަރުންގެ ކުރިއެރުމަށް ތައުލީމީ ފަންޑުން ދޫކޮށްފައިވާ ލޯނުތަކުގެ ތެެރެއިން ގިނަ މީހުންނަށް ދޫކުރި ލޯނުތަކަށް ގަވާއިދުން ފައިސާ ނުލިބިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެ ގޮތުން ލޯނުގެ ގޮތުގައި ދޫކުރި އަށް މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ މިނިސްޓްރީ އަށް ނުލިބި ހުރި ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނި ގޮތުގައި މިނިސްޓްރީން ދޫކުރި ލޯނުތަކުގެ ތެރެއިން ފައިސާ ދައްކާ ހަލާސް ކުރަން ޖެހޭ މުއްދަތު ފާއިތުވެފައިވާ 131 މީހެއް ހިމެނެ އެވެ. އެކަމަކު، ފައިސާ ދެއްކުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއްކޮށްފައި ނުވާ ގިނަ ބަޔަކު ތިބި ކަމަށާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ޝަރީއަތަށް ހުށަހެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށައަޅާފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓް އޮފީހުން ނެރުނު 2014 ގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވަނީ އެކި ސްކޫލުތަކާއި ކޮލެޖްތަކަށް ލޯނުގެ ގޮތުގައި ދޫކުރި ލޯނާއި މަތީ ތައުލީމަށާއި ޓީޗަރުންގެ ކުރިއެރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން ނުލިބޭ 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ.
އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ ތައުލީމީ ފަންޑުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށެވެ.
ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރަން: މިނިސްޓްރީ
އެޑިއުކޭޝަނުން ގަވާއިދާ ޚިލާފަށް 8 ލައްކަ ހަރަދުކުރި
ދަރިވަރުންގެ ލޯނަށް ދިން 130 މިލިއަން ރުފިޔާ ނުލިބޭ
ތައުލީމީ ފަންޑުން ދޫކުރި ގިނަ ލޯނު އަނބުރާ ނުދައްކާ
ހިޔާއަށް ނެގި ލޯނުތަކުގެ އިންޓަރެސްްޓަަށް 888 މިލިއަން
"ތައުލީމަށް ދޫކުރި ލޯނުގެ 114 މިލިއަން ނުލިބޭ"
ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދީ ކީއްވެ؟
މަތީ ތައުލީމު ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ