23 ސެޕްޓެމްބަރ 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގިނަ ކްލަބްތައް އޮތީ މާލީ ގޮތުން ބޮޑު މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި މި ހާލަތުގައި ކުރިއަށްދާ ނަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ލީގު ހުއްޓުމުގެ ބިރު ވެސް ދިވެހި ފުޓްބޯޅަ އަށް އެބަ އޮތް ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގިނަ ކްލަބްތައް އޮތީ މާލީ ގޮތުން ބޮޑު މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި މި ހާލަތުގައި ކުރިއަށްދާ ނަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ލީގު ހުއްޓުމުގެ ބިރު ވެސް ދިވެހި ފުޓްބޯޅަ އަށް އެބަ އޮތް ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
މިދިޔަ ސަރުކާރުން ކުުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ދެމުން އައި ފައިސާ މި ފަހަރު ނުދޭއިރު، ކްލަބްތަކަށް މާލީ އެހީތެރިކަން ދޭން ނިންމީ އެފްއޭއެމުން އަމިއްލަ އަށެވެ. ދިމާވެފައިވާ މައްސަލަތައް ރަނގަޅުކޮށްގެން މި އަހަރު ޖޫން މަހު ލީގު ފެށި ނަމަވެސް މިހާރު އަނެއްކާ ގިނަ ކްލަބްތަކެއް ވަނީ މާލީ ގޮތުން އަޑިއަޅާލައިފަ އެވެ. ބައެއް ޓީމުތަކުގެ ކޯޗުން އިސްތިއުފާ ދިން އިރު، އެއްބައި ޓީމުތައް މެޗުތަކަށް ހާޒިރެއް ވެސް ނުވެ އެވެ.
މި ހަފުތާގެ މެޗުތަކުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަޖުރިބާކާރު ކޯޗު އިންމަ ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުޅުންތެރިންނަށް ކަމަށެވެ.
"މި ހާލަތުގެ ސަބަބުން ރާއްޖޭގެ ހުރިހާ ފުޓްބޯޅަ ކުޅުންތެރިން މީގެ ތާށިވެފައި މި ތިބީ. އެހެންވީމަ މިއީ ދިވެހިރާއްޖޭގެ ބޯޅަ ކުޅޭ ޕްލޭޔަރުންނަށް ވަރަށް އުނދަގޫ ހާލަތެއް. ދެން މީގެ އެ ޕްލޭޔަރުންނަށް މީގެއިން ނުކުމެވޭކަށެއް ނެތް. މީގެ ހުރެގެން އެ މީހުންގެ ފުޓްބޯޅަ އަށް މިދޭ 100 ޕަސެންޓް ވިސްނުމާ ހުރިހާ އެއްޗެއް ދެވޭކަށެއް ނެތް،" އިންމަ ބުންޏެވެ.
އިންމަ ބުނީ ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަކީ ހަމައެކަނި އެފްއޭއެމްގެ ޒިންމާއެއް ނޫން ކަމަށާއި މިކަމުގައި ޝާމިލުވެ ތިބި އެންމެން އެކުވެގެން ހައްލެއް ނުހޯދައިފި ނަމަ ވަރަށް ބޮޑު އަސަރެއް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރެ ހެޑް ކޯޗެއްގެ ޒިންމާ ވެސް ބައެއް މެޗުތަކުގައި ނެގި އިންމަ ބުނީ ރާއްޖޭގެ ލީގު ފުޓްބޯޅަ ހުއްޓާލައިގެން ހަމައެކަނި ގައުމީ ޓީމުތައް ކުޅޭ ގޮތަށް އޮންނަ ހާލަތާ ދިމާލަށް ދާން ޖެހުން އެއީ ފުޓްބޯޅަ ކުރިއެރުން ކަމުގައި ބަލައިގަނެވެން ނެތް ކަމަށެވެ.
ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުންނާއި ފުޓްބޯޅައިގައި އުޅޭ ގިނަ ފަރާތްތަކުން އަންނަނީ ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެންމެން ވެސް އެއްބަސްވާ އެއް ކަަމަކީ މީގެ ޝާމިލުވާ ހުރިހާ ފަރާތަކުން އެކުވެ މަސައްކަތްކޮށްގެން ނޫނީ ހައްލެއް ނުހޯދޭނެ ކަމަށެވެ.
ކުރިއަރާނީ ހުރި ޕްރެޝަރުތަކަށް ހޭނިގެން: ސެކުލޮސްކީ
ވަރުގަދަ މެޗުތަކަށް ދަ ގްރާންޑޭ ރަނގަޅު ރޫހެއްގައި
މައްސަލަތަކުން ދަސްވި ފިލާވަޅު ސަސްގައި ބޭނުން ހިފާނަން
ހާލަތުން އަރައިގަނެ ކާމިޔާބު ހޯދާނަން: އިންމަ
ޓީމުގެ އެތެރޭގެ މައްސަލަތައް ހައްލުވެއްޖެ: އިންމަ
ގުރާންޑޭ އޮތީ މައްސަލަގަނޑެއްގެ ތެރޭގައި: އިންމަ
ބޭނުމީ މޮޅަކުން އަލުން ފަށަން: އިންމަ
މާޒިޔާ ފައިދާ ނަގަން، ދަ ގްރާންޑޭ ދުލެއް ނުދޭނެ
ފުޓްސަލް އާއި ފުޓްބޯޅަ އަށް ހައްލެއް ބޭނުންވޭ
މައްސަލަ ތަކުރާރު ވިޔަނުދޭން އިންމަ އަށް އޮތީ އިތުބާރު