ރާއްޖެއަށް 15 އެމްބިއުލާންސް ގެންނަން ހުޅުވާލި ބީލަމަށް އަގު ހެޔޮކޮށް ހުށަހަޅާފައިވާ ކުންފުނިތަކަށް ނުދީ އަގު ބޮޑުކޮށް ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް ދިން މައްސަލަ އެ ބީލަމުގައި ބައިވެރި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
25 ސެޕްޓެމްބަރ 2019
ރާއްޖެއަށް 15 އެމްބިއުލާންސް ގެންނަން ހުޅުވާލި ބީލަމަށް އަގު ހެޔޮކޮށް ހުށަހަޅާފައިވާ ކުންފުނިތަކަށް ނުދީ އަގު ބޮޑުކޮށް ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް ދިން މައްސަލަ އެ ބީލަމުގައި ބައިވެރި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމް އެކްސްޕޯޓްސް) އަށް އެ ޕްރޮޖެކްޓް ދޭން ފިނޭންސް މިނިސްޓްރީން މި މަހު ނިންމީ އޭޑީކޭން ހުށަހެޅި އަގަށް ވުރެ 780،180ރ. ބޮޑުކޮށެވެ.
އެމްއެމް އެކްސްޕޯޓަކީ ސަރުކާރުގެ އެކި ޕްރޮޖެކްޓްތައް ނަގައިގެން ރާއްޖޭގައި ވިޔަފާރި ކުރާތާ އެތައް އަހަރެއް ވެފައިވާ ކުންފުންޏެކެވެ. ކާޑުގެ ބާވަތްތައް އެތެރެކުރުމުން ފެށިގެން ގޮސް އިންފްރާސްޓްރަކްޗާގެ ޕްރޮޖެކްޓްތައް ވެސް އެ ކުންފުނިން ހިންގަ އެވެ.
އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެމްބިއުލާންސް ގެނެސްދިނުމަށާއި އެންމެ ހެޔޮ އަގު ވެސް ހުށަހެޅީ އޭޑީކޭ އިންނެވެ. އެ ކުންފުނިން ހުށަހެޅީ 59-89 ދުވަހާ ދޭތެރޭ އެމްބިއުލާންސްތައް ގެންނަން 7.9 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ހެޔޮ އަގު ހުށަހެޅި އެމްއޯ ޓްރޭޑުގެ އަގަކީ 90 ދުވަހުގެ ތެރޭގައި ތަކެތި ގެނެސްދިނުމަށް 8.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް ބިޑް ކާމިޔާބު ކުރި މޯހަން މުތާ އިން ހުށަހަޅާފައިވަނީ 90 ދުވަހުގެ ތެރޭގައި ތަކެތި ހަވާލުކުރާ ގޮތަށް 8.7 މިލިއަން ރުފިޔާ އެވެ.
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔާމީން ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ ބީލަން އިންޑިއާގެ ކުންފުންޏަށް ދިނީ އިންސާފުން ނޫން ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިދިނުމަށް އޭސީސީ އަށް މިހަފުތާގައި ތެރޭގައި ހުށަހަޅާފައިވާ ކަމަށާއި އަދި އެކަން ބަލަމުން އަންނަކަން އޭސީސީން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ކުޑަ އަގު، އެންމެ ކުޑަ މުއްދަތު ޖަހާފައި ވަނިކޮށް މިހެން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިފަދަ ބިޑްތައް ބޭރުގެ ކުންފުނިތަކަށް ދީ ރާއްޖޭން ފައިސާ ބޭރުކުރުމަކީ ކަންބޮޑުވާ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
އޭޑީކޭ އިން ބުނީ ބީލަން ކާމިޔާބު ނުވި ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ މިނިމަމް ރިކުއާމަންޓަންސްގެ ތެރެއިން ފުރިހަމަ ނުވާ ބައެއް ކަންކަން ހުރުމެވެ. ނަމަވެސް އެ ކަންކަން ވެސް ހުންނާނީ ފުރިހަމަކޮށްފައި ކަމަށް އޭޑީކޭ އިން ބުންޏެވެ. އެގޮތުން އޮކްސިޖަން އައިޓަމާއި އެމްބިއުލާންސްގެ ބޮޑުމިން ފަދަ ކަންކަން މިނިސްޓްރީން އެދިފައިވާ ގޮތަށް ބީލަމުގައި ހިމަނާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޔާމީން ވިދާޅުވި ގޮތުގައި، އެމްބިއުލާންސް ފަދަ ތަކެތި އެތެރެ ކުރާއިރު އެހެން ކުންފުނިތަކުން ގެންނަނީ ވޭން މޮޑިފައިކޮށްގެންނެވެ. ނަމަވެސް އޭޑީކޭ އަކީ ރާއްޖެ އަށް ގިނަ މެޑިކަލް ސާމާނު އެތެރެކުރާ ކުންފުންޏަކަށް ވާއިރު އެ ކުންފުނިން އެތެރެކުރަނީ ފެންވަރު ރަނގަޅު އެމްބިއުލާންސް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބިއުލާންސް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 18 ގަ އެވެ. ބީލަން ހުށަހަޅަން ދިން މުއްދަތު މެއި 12 ގައި ހަމަވިއިރު ގިނަ ކުންފުނިތަކަކުން ކުރިމަތިލި އެވެ. ޖޫން 19 ގައި ފިނޭންސް މިނިސްޓްރީން ވަނީ އެ ބީލަން ބާތިލްކޮށް އަލުން ހުޅުވާލައިފަ އެވެ.
ޔާމީން ވިދާޅުވީ އޭގެ ސަބަބުން އަގުތައް އެއްބަޔަކު އަނެއް ބަޔަކަށް ފެނި ވިޔަފާރީގެ ރޫހު ގެއްލުނު ކަމަށެވެ.
އޭސީސީގެ އިތުރުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށާއި ރައީސް އޮފީހަށް ވެސް އޭޑީކޭ އިން ވަނީ އެ މައްސަލަ ހުށަހަޅައިފަ އެވެ.
އެމްބިއުލާންސް ބީލަމުގެ ވާހަކަ ދައްކާނީ ތަހުގީގަށް ފަހު
ކުރީގެ މިނިސްޓަރު އަމީރު އޭސީސީއަށް ހާޒިރުކޮށްފި
ތިން މައްސަލައަކުން ދައުލަތަށް 1.5 މިލިއަން ރުފިޔާ
ގާނޫނާ ހިލާފުވި މެޖިސްޓްރޭޓުގެ މައްސަލަ އޭސީސީގައި
އެންގި ކަންކަން އިސްލާހުކޮށްފިން: ފެނަކަ
ތަހުމަތީއާ ގުޅުވައި އަމީނަށް އޭސީސީން ބޮޑެތި ތުހުމަތު
ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރަން ބަދަލު ގެނެސްފި
ކޮރަޕްޝަނަށް ހުޅުވޭ މާއްދާ އުވާލަން އަނެއްކާވެސް އެދެފި
އެގްޒެކިއުޓާސްއަށް ފައިސާ ދިނީ އެއްބަސްވުމެއް ނެތި؟
ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރަނީ