03 އޮކްޓޯބަރ 2019
އޭނާ ބާޒާރުކޮށްލަން ދާއިރު ވެސް ފުޓްބޯޅަ މެޗެއް ބަލަން ދިޔަ ކަމުގައި ވިޔަސް، ޖިމަށް ދާއިރު ވެސް، މަހަށް ދާއިރު އަދި ހާއްސަ ހަފުލާއަކަށް ދިޔަޔަސް އަބަދު ލަނީ އެއް ހެދުމެކެވެ. އެއީ ކައިވެނީގެ ހެދުމެވެ. އެ ނޫން އެއްޗެއް އޮސްޓްރޭލިއާގެ އެޑެލެއިޑަށް ނިސްބަތްވާ 43 އަހަރުގެ މި އަންހެން މީހާ އަށް ލެވޭ ކަމަކަށް ނުވެ އެވެ. އަދި އެ ނޫން އެއްޗެއް ލާކަށް އޭނާ ހިތްހަމައެއް ވެސް ނުޖެހެ އެވެ.
އޭނާ ބާޒާރުކޮށްލަން ދާއިރު ވެސް ފުޓްބޯޅަ މެޗެއް ބަލަން ދިޔަ ކަމުގައި ވިޔަސް، ޖިމަށް ދާއިރު ވެސް، މަހަށް ދާއިރު އަދި ހާއްސަ ހަފުލާއަކަށް ދިޔަޔަސް އަބަދު ލަނީ އެއް ހެދުމެކެވެ. އެއީ ކައިވެނީގެ ހެދުމެވެ. އެ ނޫން އެއްޗެއް އޮސްޓްރޭލިއާގެ އެޑެލެއިޑަށް ނިސްބަތްވާ 43 އަހަރުގެ މި އަންހެން މީހާ އަށް ލެވޭ ކަމަކަށް ނުވެ އެވެ. އަދި އެ ނޫން އެއްޗެއް ލާކަށް އޭނާ ހިތްހަމައެއް ވެސް ނުޖެހެ އެވެ.
ތިމާވެށީގެ ހިމާޔަތުގައި ވެސް މަސައްކަތްކުރާ ޓެމީ ހޯލް ބުނާ ގޮތުގައި އަބަދު ކައިވެނި ހެދުން ލައިގެން އުޅުމަކީ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އަދި އަބަދު އެއް ހެދުމެއް ލާތީ އެކަމާ ބެހޭ ގޮތުން މީހުން ކިޔާނެ އެއްޗިއްސާ ދޭތެރޭ ވިސްނާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކައިވެނި ކުރި ޓެމީ ކިޔައިދިން ގޮތުގައި އަބަދު އެކައްޗެއް ލާން ބޭނުންވީ ލާނެ އެއްޗެއް ނެތިފައި ތިބި އެތައް ބަޔަކު ދުނިޔޭގައި އުޅޭތީ އެވެ. އެހެންވެ އާ ހެދުންތައް ގަނެގެން އެ އެއްޗެހި ލައިގެން ދެއްކުންތެރި ދިރިއުޅުމެއް މުހިއްމު ނޫން ކަމަށް ބުންޏެވެ. އެހެންވެ ކައިވެނިކުރި ހިސާބުން އޭނާ ވަނީ އާ ހެދުމާއި ބޫޓް ފަދަ އެއްޗެހި ގަތުން ހުއްޓާލައިފަ އެވެ.
ޓެމީ ވެޑިން ޑްރެސްގައި.
މިކަހަލަ ގޮތަކަށް ދިރިއުޅުމަށް ބަދަލެއް ގެންނަން ޓެމީ ބޭނުންވީ ކައިވެނީގެ ކުރިން 2016 ގައި އިންޑިއާ އަށް ކުރި ދަތުރެއްގެ ތެރޭގައި ފެނުނު މަންޒަރުތަކަކުންނެވެ. އޭނާ ބުނިގޮތުގައި އެ ގައުމުން ވަރަށް ފަގީރު މީހުންނާ ދިމާވި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ކިރިޔަކިރިޔާ އުނުއޮރިޔާން ނިވާކުރެވޭ ފަދައިގައި ތިބި މީހުންނެވެ.
"އެހެންވެ އަމިއްލަ ދިރިއުޅުމުގައި ހަރަދު ކުޑަކުރަން ކުރެވިދާނެ ކަންކަމާ ދޭތެރޭ ފިކުރު ކުރަނިކޮށް އައި ހިޔާލެއް އަބަދު ވެސް ވެޑިން ޑްރެސްލައިގެން އުޅުމަކީ،" ޓެމީ ދަ ސަން އަށް ބުންޏެވެ.
އޭނާ ބުނީ ކައިވެންޏަށް ތައްޔާރުވާން ފެށި ހިސާބުން ވެސް ސިކުނޑީގައި އެންމެ ބޮޑަށް އެނބުރުނު ފިކުރަކީ ކުޑަ ވަގުތުކޮޅެއްގެ ހަފުލާއަކަށް އަގުބޮޑު ވެޑިން ޑްރެސްއެއް ހޯދާނީތޯ އެވެ. މާ ގޮތްގަނޑު ބޮޑުނުކޮށް ތައްޔާރުކުރި ވެޑިން ޑްރެސް އޮތީ ވަރަށް ސާދާކޮށެވެ. މައިގަނޑަކަށް ލޭސް ފޮތިން ފެހި ހެދުން އޮތީ ކަކުލާ ހަމައައަށެވެ. އެއަށް ހަރަދުކުރީ 985 ޕައުންޑް (1,209.72 ޑޮލަރު) އެވެ.
ޓެމީ ކިޔައިދިން ގޮތުގައި ކައިވެންޏަށް ފަހު އަބަދު ލާ ހެދުމަކަށް ކައިވެނީގެ ހެދުން ބޭނުންކުރަން ފެށީ އޭގެ ބޭނުން ވެސް އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ.
ޓެމީ ވެޑިން ޑްރެސްގައި.
"އަގުބޮޑުކޮށް ވެޑިން ޑްރެސް ފަހާފައި ކައިވެނި ހަފުލާގެ ދެތިން ގަޑިއިރަށް އެ ބޭނުންކޮށްފައި ދެން ދުވަހަކު ވެސް ބޭނުން ނުކުރާ އެއްޗަކަށް ހަދާގައި ބޭއްވުމުގެ ހަގޫގީ މާނައެއް ވެސް ނެތް،" އޭނާ ބުންޏެވެ. "އެހެންވެ އަހަރެންގެ ހަޔާތުގެ އެންމެ ހާއްސަ ދުވަހުގައި ބޭނުންކުރި ހެދުން އާންމު ދިރިއުޅުމުގައި ބޭނުންކުރަން ފެށީ."
ޓެމީ ބުނިގޮތުގައި ވަރަށް ފަހުން އޭނާ ކައިވެނީގެ ހެދުމުގައި ނިއު ޒިލެންޑަށް ވެސް ފިރިމީހާއާ އެކު ދިޔަ އެވެ. އަދި ކުރިއަށް އޮތް ހޫނު މޫސުމުގައި ދެމަފިރިން މިހާރު އަންނަނި އައިސްލެންޑަށް ދާން ތައްޔާރުވަމުންނެވެ.
"ވެޑިން ޑްރެސްލައިގެން ދަތުރުކުރުމަކީ ވެސް ހާއްސަ އުފަލެއް." ޓެމީ ބުންޏެވެ.
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިޔާމް/ޒާރާގެ ކައިވެނި؛ ކަމަދޫގައި ބޮޑު ހަފުލާއެއް
ސަން ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި
ކައިވެނީގެ ކުރިން ޒާރާގެ އަސަރުގަދަ ލަވައެއް ސިޔާމަށް
އާނަންތުގެ ކައިވެންޏަށް ނަޝީދު ވަޑައިގެންނެވި
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
ރަކުލް އާއި ޖެކީގެ ކައިވެނީގައި ދެނީ ރަނގަޅު ކެއުން
ބެކަމްގެ ދޮށީ ދަރިފުޅުގެ ކައިވެންޏަށް ހަތަރު މިލިއަން
ކައިވެނިކުރަން އިޓަލީއަށް ދާ މީހުންނަށް ހަރަދު ދެނީ
މޯނީގެ ކައިވެނިން ރީތި ފޮޓޯތަކެއް