02 އޮކްޓޯބަރ 2019
އިންޑިއާގެ ޗީފް ޖެނެރަލް ބިޕިން ރާވަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ޗީފް ޖެނެރަލް ބިޕިން ރާވަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ މި ޒިޔާރަތުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އިންޑިއާގެ ޗީފް އާމީ ބިޕިންނާ، ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު (މ) އާ މިއަދު ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. މޯދީ މި ފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާއި ހާއްސަކޮށް ދިފާއީ ކަންކަމާއި ސަލާމަތީ ކަންކަމުގައި އިންޑިއާއިން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، މެހެމާނުންގެ ފޮތުގައި އިންޑިއާގެ ޗީފް އާމީ ބިޕިން ސޮއިކުރައްވަނީ .-- ފޮޓޯ: ރައީސް އޮފީސް
ޗީފް އާމީ ވަނީ އޭނާއަށާއި އޭނާގެ ވަފުދަށް ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގެން ބިޕިން ވަނީ ސިފައިންގޭގެ އިސްވެރިންނާ ބައްދަލުކުރައްވައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
ރައީސް ގައުމާ މުޚާތަބުކުރައްވަނީ
ރައީސް، އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށްފި
ޖިނާއީ ކުށްތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުން ކޮމިޓީއަށް
ޖިނާއީ ކުށްތައް ހުއްޓުވަން އިންޑިއާގެ އެހީ ހޯދަނީ
އެސްބީއައިގެ ޚިދުމަތަކީ ދެ ގައުމުގެ ގުޅުމުގެ ރަމްޒެއް
އިންޑިއާ އައުޓް ހުއްޓުވާ ގަރާރުގެ މައްސަލަ ކޯޓުން ބޭރު
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ
ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލައިފި
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
"އިންޑިއާ ސިފައިންގެ އަދަދަށް އުނިއިތުރު އައިސްދާނެ"