30 އޮކްޓޯބަރ 2024
"އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވަން ކުރީގެ ސަރުކާރުގައި ނެރެފައިވާ ރިޔާސީ ގަރާރު ބާތިލްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ މަނިކުފާނުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
"އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވަން ކުރީގެ ސަރުކާރުގައި ނެރެފައިވާ ރިޔާސީ ގަރާރު ބާތިލްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ މަނިކުފާނުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
އިންޑިއާ އައުޓްގެ ނަމުގައި 2022 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގަމުން ދިޔަ ހަރަކާތްތައް ހުއްޓުވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރުގެ ދަށުން "އިންޑިއާ އައުޓް" ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރި އެވެ.
ނަމަވެސް އެއީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ބުނެ، އެ ގަރާރު ބާތިލް ކުރަން ސެޕްޓެމްބަރު 2022 ގައި ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި އެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އެ މައްސަލައިގެ އަޑުއެހުމަށް ޔާމީންގެ ވަކީލުން ހާޒިރުވެފައި ނުވާ ކަމަށެވެ. އެހެންވެ، މަގްބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ވެފައި ނުވާތީ އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކުރީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ ގަރާރުގެ ދަށުން، އޭރު ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާއެއް ފުލުހުން އަތުލި އެވެ. ނަމަވެސް ހައި ކޯޓުން ފަހުން ނިންމާފައިވަނީ އެ ބެނާ ނެގުމުގައި ފުލުހުން އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
ބެނާ ނަގަން އެންގުން:ޔާމީން ހުށަހެޅުއްވި މައްސަލަ ބޭރު
އިންޑިއާ އައުޓް ހުއްޓުވާ ގަރާރުގެ މައްސަލަ ނުބެލޭނެ
ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ: ޝާހިދު
ޔާމީން ހުކުމް ވެސް ގުޅުވީ އިންޑިއާއާ!
"ވޯޓަކީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވާ ފުރުސަތު"
އިންޑިއާއާ ދެކޮޅު ހަރަކާތް އިދިކޮޅުން މަޑުޖައްސާލައިފި
އިންޑިއާ އައުޓް:ޕީޕީއެމުން ހާޒިރުނުވުމުން މައްސަލަ ބޭރު
އިންޑިއާ އައުޓް ބެނާ ނެގީ ގޯސްކޮށް: ހައި ކޯޓް
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
އިންޑިއާ އައުޓް ހަރަކާތް ހިންގަނީ ޔާމީންގެ ފައިދާއަށް