އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެ، ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓަރުންނާއި އާޓިސްޓުން 48 ގަޑިއިރު ތެރޭ ފުރުމަށް އެ ގައުމުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ މަހަރަޝްތުރާ ނަވްނިރްމަން ސޭނާ (އެމްއެންސް) އިން އިއްޔެ އިންޒާރު ދީފި އެވެ.
24 ސެޕްޓެމްބަރ 2016
އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެ، ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓަރުންނާއި އާޓިސްޓުން 48 ގަޑިއިރު ތެރޭ ފުރުމަށް އެ ގައުމުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ މަހަރަޝްތުރާ ނަވްނިރްމަން ސޭނާ (އެމްއެންސް) އިން އިއްޔެ އިންޒާރު ދީފި އެވެ.
މިހާރު ބޮލީވުޑް ފިލްމުތަކުގައި މަސައްކަތްކުރަން އިންޑިއާ އަށް ގޮސް ތިބި ޕާކިސްތާނު އެކްޓަރުންގެ ތެރޭގައި ފަވާދު ޚާނާއި މާހިރާ ޚާން ހިމެނެ އެވެ.
އެމްއެންއެސްގެ ލީޑަރު އަމޭ ކޯޕްކަރް އިންޒާރު ދީފައިވާ ގޮތުގައި ޕާކިސްތާނު އެކްޓަރުން ދެ ދުވަސް ތެރޭ އިންޑިއާ އިން ނުނުކުމެއްޖެ ނަމަ ގަދަކަމުން ވެސް ނެރެލާނެ އެވެ.
އެމްއެންއެސްގެ ލީޑަރު އަދި އެ ޕާޓީގެ ސިނަމާ ވޯކާޒް ޔުނިޓްގެ ޗީފް ޗިތުރަޕަތު ކަރަމްޗާރީ ސޭނާ އިންޑިއާގެ ނިއުސް އޭޖެންސީއެއް ކަމަށްވާ އޭއެންއައި އަށް ބުނެފައިވާ ގޮތުގައި އެމީހުން ދީފައިވާ މުހުލަތުގެ ތެރޭގައި އިންޑިއާ އިން ނުގޮސް ތިބޭ މީހުންނަށް ހަމަލާ ވެސް ދޭނެ އެވެ. އަދި އެމީހުން ލައްވާ ފިލްމީ މަސައްކަތް ކުރުވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ވެސް ހަމަލާ ދޭނެ އެވެ.
ސިޔާސީ ޕާޓީތަކުން ރުޅިގަދަވީ އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރާލުމާ ގުޅިގެން އެކަމުގެ ޒިންމާ ޕާކިސްތާނުގައި އެޅުވުމަށް ފަހުގަ އެވެ.
އެ ޕާޓީން ބުނެފައި ވަނީ ފަވާދު ޚާން މުހިންމު ރޯލެއް އަދާކުރާ، ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާއި މާހިރާ ޚާން ބަތަލާގެ ބައި ކުޅޭ ޝާހްރުކް ޚާންގެ "ރައީސް" ވެސް އިންޑީއާގައި ރިލީޒް ނުކުރެވޭނެ ކަމަށެވެ. އަދި އިންޑިއާގައި ފިލްމު އުފައްދާ އެއްވެސް މީހަކަށް ޕާކިސްތާނު އާޓިސްޓުން ލައިގެން ދެން ފިލްމުތައް ނުއުފެއްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަވާދު އާއި މާހިރާ ނޫނަސް ޕާކިސްތާނުގެ ވަރަށް ގިނަ އެކްޓަރުންތަކެއް މިހާރު ބޮލީވުޑްގައި މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި އަލީ ޒަފަރް، ލަވަކިޔުންތެރިޔާ ރާހަތު ފާތަހް އަލީ ޚާން، އެކްޓަރު އިމްރާން އައްބާސް، މާވްރާ ހުސެއިން ހިމެނެ އެވެ.
ފަވާދު ޚާންގެ ބޮލީވުޑް ފިލްމު ރިލީޒްކުރަނީ
"އޮޕަރޭޝަން ސިންދޫރު" ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް
ފަވާދު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު މަނާކޮށްފި
ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމުގެ ފަސްޓް ލުކް
ބޮލީވުޑުން ބޭރުކޮށްލުމުން ފަވާދު ސިޔާސީ މައިދާނަށް
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ދަރޭ ނެތަސް "އަޕްނޭ 2" ގެނެސްދޭނެ: ޕްރޮޑިއުސަރު
ރަޖަމޯލީގެ އާ ފިލްމަށް ކިޔަނީ "ވަރަނާސީ"
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ދެކުނު އިންޑިއާގެ ފިލްމުގައި ޕްރިޔަންކާ ފެންނާނެ ގޮތް