މިއަހަރު ނިމޭ އިރު ބަޖެޓުގެ 80 ޕަސެންޓް ހާސިލްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
09 އޮކްޓޯބަރ 2019
މިއަހަރު ނިމޭ އިރު ބަޖެޓުގެ 80 ޕަސެންޓް ހާސިލްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި "ނުވަގަޑި" ގައި ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ސަރުކާރުގެ ހިންގުން މިހާރު ދާ ސްޕީޑުގައި ދާ ނަމަ ރިކަރެންޓް ހަރަދަށް ކަނޑައަޅާ ވަރު އެއްކޮށް ހަރަދުވާނެ ކަމަށެވެ.
ސަރުވަޝް ވިދާޅުވީ، ޕްރޮޖެކްޓްތައް އެވޯޑްކޮށް، މަސައްކަތް ފެށޭ ހިސާބުން ޕްރޮޖެކްޓްގެ އެޑްވާންސަށް 15 ޕަސެންޓް ހަރަދުކުރާނެ ކަމަށެވެ. މިއާ އެކު ވެސް ބަޖެޓުން އެ އަދަދުތައް ފެންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓުގައި ކަނޑައަޅާފައިވާ ގިނަ ޕްރޮޖެކްޓްތަކެއްގެ ހަރަދުތައް މި އަހަރު ނިމުމުގެ ކުރިން ހިނގަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިން ހިއްކުން ކަހަލަ މަޝްރޫއުތައް ވަރަށް އަވަހަށް ނިމި ވެސް ދާނެ. ބޮސްކާލިސް ކަހަލަ ބަޔަކު އައިސްފި ނަމަ ހަފުތާއެއް ތެރޭ ނިމޭ ކަހަލަ މަސައްކަތްތައް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އެއް ބިލިއަން ރުފިޔާގެ 42 މަޝްރޫއުއެއް ފަށާފައި ވާއިރު ޓެންޑާ ބޯޑް މެދުވެރިކޮށް 136 މަޝްރޫއެއް އެވޯޑް ކޮށްފައިވެ އެވެ. އޭގެ އަގު 3.8 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.
ބަޖެޓްގެ މަޝްރޫއުތައް ހިންގުމުގައި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރާއިރު، ޕްރޮޖެކްޓްތަކުގެ ބިޑް ކާމިޔާބު ނުވާ ކުންފުނިތަކުން މައްސަލަ ހުށަހަޅާ ކަމަށާއި މި ހުރިހާ ކަމެއް ނިންމައި މަސައްކަތް ކުރަން ޖެހޭތީ މަސައްކަތްތައް މަޑުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ކަންކަމަށް ފަރިތަވެ، ސަރުކާރުގެ ނިޒާމުތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވުމުން، ޕްރޮޖެކްޓްތައް ހިންގުން އަވަސް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ބަޖެޓުގެ 80 ޕަސެންޓް ހާސިލުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރާ އިރު ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ ބަޖެޓުގެ 78 ޕަސެންޓް ވަރު ހަރަދު ވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް 7.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު މިހާތަނަށް ހަރަދުވެފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 19.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 31.9 ބިލިއަން ރުފިޔާ އެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިމަހުގެ 31 ކުރިން މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ދަށަށް!
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ކުރީ ސަރުކާރުން މިއަހަރު ބަދަލަށް 438 މިލިއަން ދިން
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި