ކުރީ ސަރުކާރުގެ ފަހު ދުވަހާ ހަމައަށް ބަދަލުގެ ގޮތުގައި މި އަހަރުގެ ބަޖެޓުން ހޭދަކުރި އަދަދު 438 މިލިއަން ރުފިޔާއަށް އަރާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
30 ނޮވެމްބަރ 2023
ކުރީ ސަރުކާރުގެ ފަހު ދުވަހާ ހަމައަށް ބަދަލުގެ ގޮތުގައި މި އަހަރުގެ ބަޖެޓުން ހޭދަކުރި އަދަދު 438 މިލިއަން ރުފިޔާއަށް އަރާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުން އެނގޭ ގޮތުގައި، ބަދަލުގެ ގޮތުގައި މިދިޔަ ދެ މަހު އެކަނި ވެސް 90 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިއަހަރު ބަދަލުގެ ގޮތުގައި ހޭދަކުރި އަދަދު ވަނީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ ހަތަރު ގުނަ އިތުރުވެފަ އެވެ. ބަޖެޓުގައި ބަދަލު ދިނުމަށް ކަނޑައަޅާފައި އޮތީ 100 މިލިއަން ރުފިޔާ އެވެ.
މިއަހަރު ބަދަލު ދީފައިވާ ކުންފުނިތަކުގެ މައުލޫމާތު ހޯދަން "މިހާރު" އިން ހުށަހެޅުމުން ވެސް އެ މައުލޫމާތު ދޭން ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅުހަދައިފަ އެވެ. އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
އެންމެ ފުރަތަމަ އޮތް އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލަ ކޯޓުގައި ހިނގާތާ އެތައް އަހަރެއް ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ކޯޓުން ބޭރުގައި ވަނީ އެ ކުންފުންޏަށް ވެސް ކުރީ ސަރުކާރުން ބަދަލު ދީފަ އެވެ. ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދެއް އަލުން ކަނޑައަޅަށް ދައުވާކުރެވޭނެ ކަމަށް ކުރި ހުކުމާ އެކު އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކޯޓުން ބޭރުގައި މައްސަލަ ނިންމީ 64 މިލިއަން ދޭން ސެޓުލްމަންޓް ކޮމިޓީން ހުށަހެޅުމުން ކަމަށް ކުރީ ސަރުކާރުގެ އޮފިޝަލަކު ކަށަވަރުކޮށްދިނެވެ. ސަރުކާރު ނިމުމުގެ ކުރިން އޭގެ ތެރެއިން ވަނީ 12.8 މިލިއަން ރުފިޔާ ދީބާޖާ އަށް ދީފަ އެވެ.
ވޭތުވެދިޔަ ފަސް އަހަރު ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކުރި އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ އާއި މުދާ ހިމެނޭ ގޮތަށް ދިނީ ބަންޑާރަ ނައިބުގެ އޮފީހުގެ ލަފައެއް ވެސް ނެތި ގާނޫނާ ޚިލާފަށް ކަމަށް އާ ސަރުކާރުން ތުހުމަތުކުރެ އެވެ. ބަދަލު ދޭން އެކުލަވައިލި ކޮމިޓީ މި ސަރުކާރުން މިހާރު އުވާލައިފަ އެވެ.
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ދަށަށް!
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ބަޖެޓު ނުކުރާ ޕްރޮޖެކްޓްތަކަށް 73 މިލިއަން ހޭދަކުރި
ކަނޑައެޅި ބަޖެޓު ހުސްވެ ބަދަލަށް 230 މިލިއަން ދީފި