މަލިކު ކައިރިން މިދިޔަ ހޮނިހިރު ދުވަހު އިންޑިއާ ސިފައިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި މިއަދު ދޫކޮށްލައިފި އެވެ.
މަލިކު ކައިރިން މިދިޔަ ހޮނިހިރު ދުވަހު އިންޑިއާ ސިފައިން ހިފެހެއްޓި ރާއްޖޭގެ މަސް ދޯނި މިއަދު ދޫކޮށްލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ދޯނި ދޫކޮށްލީ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ށ. ކޮމަންޑޫ "އަންބަރީ" ދޯނި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކާ ތިން މޭލަށް ކައިރިވެފައި ވަނިކޮށެވެ.
ފިޝަރީޒްގެ ބަޔާނުގައި ބުނީ މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައި ނުވާ ސަރަހައްދެއްގައި އެ ފަދަ ކަމެއް ކުރުމަކީ ބައިނަލްއަގްވާމީ ގަވައިދުތަކާ ވެސް ހިލާފުކަމެއް ކަމަށާއި މިގޮތަށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ދިގު މަރުހަލާއެއް ނަގާ ކަމަށެވެ. އަދި ތަހުގީގު ނިންމުމަށް ފަހު އުޅަނދު ބޮޑު އަދަދަކުން ޖޫރިމަނާ ކުރާ ކަމަށާއި އެކަމަކު ދިވެހި ދޯނީގެ ތަހުގީގު ވަރަށް އަވަހަށް ނިންމައި، އަނބުރާ ފޮނުވާލާފައިވާކަން އެ ބަޔާނުގައި ބުންޏެވެ. އެހެންވެ، އިންޑިއާގެ ކަމާ ބެހޭ އިދާރާތަކަށް ފިޝަރީޒް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނީ އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދެއްގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވުމަކީ ރާއްޖޭގެ މަސްވެރިކަމަށް އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމާ މެދު، މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އުޅަނދުގެ ވެރިފަރާތަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ވެސް ފިޝަރީޒުން ބުންޏެވެ. އެހެންވެ، މި ފަދަ ގަވައިދާ ޚިލާފު އަމަލުތައް ނުހިންގުމަށް އެ މިނިސްޓްރީން ނަސޭހަތްތެރިވި އެވެ.
މިދިޔަ ފެބްރުއަރީމަހު ވެސް ވަނީ ދިވެހި މަސް ދޯންޏެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފަހައްޓައިފަ އެވެ. އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކަނޑުގެ ސިފައިން އެފަހަރު ހިފެހެއްޓީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏާއި އޭގައި ތިބި މީހުން ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ މެދުވެރިވެގެން ކުރި މަސައްކަތްތަަކަކުންނެވެ.
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
މަސްވެރިންގެ ފޯނުތައް އަތުލައި ހެކި ނައްތާލި
ވަގަށް މަސްވެރިކަން ކުރި ބޯޓުތަކެއް ޖޫރިމަނާކޮށްފި
އިހަވަންދޫ މަސްވެރިކަމަށް މަލިކު މީހުން ގެންނަނީ
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ކަޅުބިލަ މަސްގަތުމުގެ ހުއްދަ އިތުރު ކުންފުނިތަކަށް ދެނީ