Roadha Mihaaru
އުރީދޫގެ އިންޓަނެޓް ޚިދުމަތަށް އާދީއްތަދުވަހު ބުރޫއަރާނެ

އުރީދޫގެ އިންޓަނެޓް ޚިދުމަތަށް އާދީއްތަދުވަހު ބުރޫއަރާނެ

11 އޮކްޓޯބަރ 2019

އުރީދޫގެ އިންޓަނޭޝަނަލް ސަޕްލަޔަރަކު ހިންގާ ކޭބަލް މަރާމާތު ކުރުމުގެ މުހިއްމު މަސައްކަތަކާ ގުޅިގެން އަންނަ އާދީއްތަ ދުވަހު އިންޓަނެޓްގެ ޚިދުމަތަށް ބުރޫއަރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫގެ އިންޓަނޭޝަނަލް ސަޕްލަޔަރަކު ހިންގާ ކޭބަލް މަރާމާތު ކުރުމުގެ މުހިއްމު މަސައްކަތަކާ ގުޅިގެން އަންނަ އާދީއްތަ ދުވަހު އިންޓަނެޓްގެ ޚިދުމަތަށް ބުރޫއަރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެ މަރާމާތާ ގުޅިގެން ޚިދުމަތް މެދުކެނޑޭނީ އާދީއްތަ ވިލޭރޭ ދަންވަރު 3:00 އިން އެ ދުވަހުގެ ރޭ 11 ޖެހުމާ ހަމައަށެވެ.

އުރީދޫން ބުނީ އެ މަސައްކަތް ކުރާ ވަގުތު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތައް ކުޑަކޮށް، ވީހާ ވެސް އަވަހަށް މަސައްކަތް ނިންމަން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ކުންފުނިން އަބަދު ވެސް އަންނަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރަން ގިނަ ހިދުމަތްތަކެއް ދެމުންނެނެވެ. އެގޮތުން އުރީދޫން މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އަޅާ ނިންމާލީ ޖެނުއަރީ 2017 ގަ އެވެ.

ޖުމްލަ 25 މިލިއަން ޑޮލަރު (384 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އުރީދޫން އެޅި ސަބްމެރިން ކޭބަލް ގުޅާލުމަށް ހދ.ކުޅުދުއްފުއްޓާއި ސ. ހިތަދު އާއި ގދ. ތިނަދު އާއި މ. ކޮޅުފުއްޓާއި ބ. އޭދަފުށީގެ އިތުރުން ހުޅުމާލޭގައި ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ.

ކަސްޓަމަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ އިތުރުން ހިދުމަތްތައް ފުޅާ ކުރުމަށް ވެސް މުހިއްމު ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރެ އެވެ.