މަސްޖިދުލް ހަރާމްގެ އިމާމެއްގެ މަގާމަށް، މަޝްހޫރު ގާރީ ޝައިޚް ޑރ. ޔާސިރު ބިން ރާޝިދު އަލް ދުސްރީ ހަމަޖައްސަވައި މަސްޖިދުއް ނަބަވީގެ އިމާމުކަމާއި ޚަތީބު ކަމަށް ވެސް ބޭފުޅުން ހަމަޖައްސަވައިފި އެވެ.
13 އޮކްޓޯބަރ 2019
މަސްޖިދުލް ހަރާމްގެ އިމާމެއްގެ މަގާމަށް، މަޝްހޫރު ގާރީ ޝައިޚް ޑރ. ޔާސިރު ބިން ރާޝިދު އަލް ދުސްރީ ހަމަޖައްސަވައި މަސްޖިދުއް ނަބަވީގެ އިމާމުކަމާއި ޚަތީބު ކަމަށް ވެސް ބޭފުޅުން ހަމަޖައްސަވައިފި އެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް، ހަރަމްފުޅުގެ އިމާމު ކަމަށް ދުސްރީ ހަމަޖައްސަވައި ހަރަމްފުޅުގެ ޚަތީބުންގެ ގޮތުގައި ޝައިޚް ޑރ. އަބްދުﷲ ބިން އަވާދް އަލް ޖުހްނީ އާއި ޝައިޚް ޑރ. ބަންދަރް ބިން އަބްދުލް އަޒީޒް ބަލީލާ ވަނީ ހަމަޖައްސަވައިފަ އެވެ.
މަސްޖިދުއް ނަބަވީގެ އިމާމް ކަމަށް ހަމަޖެއްސީ ޝައިޚް ޑރ. އަހްމަދު ބިން އަލީ އަލް ހުޒައިފީ އާއި ޝައިޚް ޑރ. ޚާލިދް އަލް މުހްނާ އެވެ. ޚަތީބް ކަމަށް ހަމަޖެއްސެވީ ޝައިޚް އަހްމަދު ތާލިބް ހާމިދެވެ.
ހަރަމްފުޅުގެ އިމާމަކަށް ހަމަޖެއްސެވި ދުސްރީގެ އުމުރުފުޅުން 39 އަހަރެވެ. ދުސްރީ އަކީ ގުރުއާން ކިޔަވައި ވިދާޅުވުމުގައި އިސްލާމީ ދުނިޔެ އަށް މަޝްހޫރު ބޭފުޅެކެވެ. އޭނާ އަކީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އަލް އާމިރް ސުލްތާން ޔުނިވަސިޓީގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން އެތަނުގައި ސައޫދީގެ ސަލާމަތީ ބާރުތަކުގެ މީހުންނަށް ގުރުއާނުގެ އިލްމު ވެސް އުނގަންނައިދެއްވާ ބޭފުޅެކެވެ. އަދި ސައޫދީގެ އަރަބިއްޔާގެ އެކި މިސްކިތްތަކުގައި އިމާމުކަމާއި ޚަތީބުކަން ވެސް ކުރެއްވި އެވެ. ބެޗެލާސް ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލްކުރެއްވީ ފެކަލްޓީ އޮފް ޝަރީއާ އިމާމް މުހައްމަދު ބިން ސައުދު އިސްލާމިކް ޔުނިވަސިޓީންނެވެ.
ދުސްރީ ވަނީ އުމުރުފުޅުން 15 އަހަރުގައި ގުރުއާން ހިތުދަސް ކުރައްވައިފަ އެވެ.
ދުސްރީ، އެކި ގައުމުތަކުގެ ދައުވަތަށް ވަޑައިގެން، އިމާމްވެ ހުކުރު ކުރައްވައި ދީނީ ތަގުރީރުތައް ވެސް ދެއްވަ އެވެ. އަދި އޭނާ އަކީ އިމާމްގެ ތަރާވީހް ނަމާދުކުރެއްވުމުގައި ވެސް މަޝްހޫރު ބޭފުޅެކެވެ.
ސައޫދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި މުޅި ސައޫދީ އަރަބިއްޔާގައި އިމާމް ކަމާއި ޚަތީބުކަމަށް 14،152 މީހަކު ވަނީ ހަމަޖައްސައިފަ އެވެ. އަދި މިސްކިތްތަކުގެ ސުޕަވައިޒަރުންނާއި އެފަދަ އެކި މަގާމުތަކަށް ހަމަޖައްސާފައިވާ މީހުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަކުރާ ހަތަރު ހާހެއްހާ މީހުން ވަޒީފާ އިން ވަކި ވެސް ކޮށްފައިވެ އެވެ.
ދެ މިލިއަނަށްވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމުގައި
ދެ ޙަރަމްގައި ގައުމުތަކުގެ 1.3 މިލިއަން އަޅުވެރިން
ހަރަމްފުޅުގެ ތިން ވަނަ ބައިގެ ޓެރަސް ހުޅުވައިލަނީ
ޔަހޫދީ ނޫސްވެރިޔާ މައްކާއަށް ވެއްދި މިހާ ހައްޔަރުކޮށްފި
ހައްޖަށް ދިޔަ މީހުންގެ 53 ޕަސެންޓަކީ އޭޝިއާ މީހުން
ސަނާގެ ދެމަފިރިން އުމްރާގެ އަޅުކަމުގައި
ދެ ހަރަމްފުޅުގައި "ސޯޝަލް ޑިސްޓެންސިން" އުވާލައިފި
ޚުތުބާ ދެނިކޮށް ހަރަމްފުޅުގެ އިމާމަށް ހަމަލާދޭން އުޅެފި
ގެފުޅު ވަށައިގެން ދޫނި އުދުހޭ ވީޑިއޯއަކަށް ސަމާލުކަން!
ހައްލެއް ނުވި، އަނެއްކާވެސް ހުރިހާ ބުރައެއް ސަރުކާރަށް