ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ޖަލްސާ އަންނަ މަހު 7 ގައި ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.
13 އޮކްޓޯބަރ 2019
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ޖަލްސާ އަންނަ މަހު 7 ގައި ދަރުބާރުގޭގައި ބާއްވަން ނިންމައިފި އެވެ.
އެ ޖަލްސާގެ އިންތިޒާމްތަކުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު މިހާރު އެކުލަވާލަމުން އަންނަ ކަމަށެވެ. ޕާޓީ އުފެއްދުމުގެ ޖަލްސާގައި، ވަގުތީ ލީޑަޝިޕް ހޮވާނެ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީ ރަޖިސްޓްރީކޮށްދޭނީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުންނެވެ. އެމްއާރުއެމްއަކީ މައުމޫން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ގެއްލުމުންނެވެ.
ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު، ޕީޕީއެމް ހިންގުން މައުމޫންއާ ހަވާލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެމްއާރުއެމް އުފައްދަވާ ކަން އިއުލާން ކުރައްވަން މައުމޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، ނާއިންސާފާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް އަޒުމް ދޫކޮށްލައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި ގައުމަށް ޚިދުމަތް ކުރުމަކީ ވަކި އުމުރެއް އޮތް ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ދެމިހުންނަވާނީ އިސްލާހީ މަސައްކަތުގައި ސާބިތުކަމާ އެކު ކަމަށް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.
އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.
އެމްއާރުއެމް އުވާލުން މަޑުޖައްސާލަން އަމުރެއް ނެރެފި
މެމްބަރުން ހަމަނުވެ އުވާލާ ހިސާބަށް ނުދާނެ:އެމްއާރުއެމް
އެމްއާރްއެމް ރަޖިސްޓަރީކޮށްދޭން އީސީން ނިންމައިފި
މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި
މައުމޫންގެ އާ ސިޔާސީ ޕާޓީ އުފައްދަން ހުށަހަޅައިފި
އީސީން މައުލޫމާތު ލީކުވުން ތަހުގީގުކުރަން ގޮވާލައިފި
ކޯޓުގެ ހުކުމާ ގުޅިގެން އެމްއެލްއެސްޑީޕީ އިއާދަކޮށްފި
އެމްއެލްއެސްޑީޕީ އުވާލީ ގާނޫނާ ހިލާފަށް: ސިވިލް ކޯޓް
އެމްޓީޑީ ޕާޓީ އުވާލައިފި
ސިޔާސީ ޕާޓީތަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފި