ބާޒާރުން ފިޔާ ހުސްވެ، ފިޔާގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާ އިރު މިކަމަށް ހައްލެއް ލިބެންދެން އެސްޓީއޯއިން ފިޔާ ލިބޭނެ ކަމަށާއި އެކަމަކު ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
14 އޮކްޓޯބަރ 2019
ބާޒާރުން ފިޔާ ހުސްވެ، ފިޔާގެ އަގު އާދަޔާ ހިލާފަށް އުފުލިފައިވާ އިރު މިކަމަށް ހައްލެއް ލިބެންދެން އެސްޓީއޯއިން ފިޔާ ލިބޭނެ ކަމަށާއި އެކަމަކު ވިއްކާނީ ލިމިޓް ކޮށްގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ވަގުތު އެސްޓީއޯ އިން ފިޔާ ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ. އެގޮތުން އެސްޓީއޯގެ ސުޕަމާޓުން ފިޔާ ގަންނަން ދާ ކޮންމެ މީހަކަށް ވިއްކަނީ، އެއް ކިލޯގެ ފިޔާ އެވެ. ބާޒާރުން ފިޔާ ހުސްވުމުން އެ ކުންފުނިން ވަނީ މިދިޔަ ހަފްތާގައި އެއާ ފްރައިޓްކޮށް ފިޔާގެ ސްޓޮކެއް މާލެ ގެނެސް ވިއްކަން ފަށާފަ އެވެ.
އިންޑިޔާއިން އޭޝިޔާގެ ގައުމުތަކަށް ފިޔާ ވިއްކުން ހުއްޓާލި ނަމަވެސް އެއްވެސް ދަތިކަމެއް ނެތި ރާއްޖެ އަށް ފިޔާ ލިބޭނެ ކަމަށް އިންޑިޔާ އެމްބަސީން ބުނެ އެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެތެރެކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
އެސްޓީއޯއިން ބުނީ، އާންމުކޮށް މާލެއަށް ފިޔާ ގެންނަ ކުންފުނިތަކުން ފިޔާ އެތެރެ ކުރަން ފަށާ، ސްޓޮކް އަންނަން ފެށުމުން ލިމިޓް ކުރުމެއް ނެތި ފިޔާ ވިއްކަން ފަށާނެ ކަމަށެވެ.
ބާޒާރުގައި ފިޔާ ކިލޯއެއް 50ރ. އަށް ވުރެ މަތީގައި އުޅޭ އިރު ބައެއް ކުދި ފިހާރަތަކުން ފިޔާ ކިލޯއެއް 80ރ. އަށް ވެސް އަންނަނީ ވިއްކަމުންނެވެ.
ފިޔާގެ އަގު އެހާ ބޮޑަށް އުފުލުނީ އިންޑިޔާ އަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވެ، އެ ގައުމުގައި އުފައްދާ 35 ޕަސެންޓް ފިޔާ ދަނޑުތައް އެއްކޮށް ހަލާކުވެފައިވެ އެވެ. އެންމެ ގިނައިން އިންޑިޔާގައި ފިޔާ އުފައްދަނީ މަހާރަޝްތްރާ އާއި ކަރްނާޓަކާގަ އެވެ. މި ދެ ސްޓޭޓަށް ވެސް މިދިޔަ އޮގަސްޓް މަހު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވި އެވެ.
އިންޑިޔާއަކީ މި ސަރަހައްދުގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އިންޑިޔާ އިން 2.2 މިލިއަން ޓަނުގެ ފިޔާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މުޅި އޭޝިޔާގެ ފިޔާގެ އެކްސްޕޯޓުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެއް އިންޑިޔާއިން އެކްސްޕޯޓް ކުރެ އެވެ.
ފިޔާ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް އިންޑިއާ އަށް
ފިޔާ ހިފައިގެން ރާއްޖެ އައިި ބޯޓެއް އަޑިއަށް ހިނގައްޖެ
އެސްޓީއޯއިން ފިޔާ ކިލޯއެއް 16ރ. އަށް
ރާއްޖެ-މުމްބާއީ ފްލައިޓެއްގައި 3.7 މިލިއަނުގެ ރަން
މަދުވީ އެސްޓީއޯގެ ހަކުރު ކޯޓާއިން ބައެެއް
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ސްޕެޝަލް އޮލިމްޕިކްސް؛ ރާއްޖޭން އިންޑިއާ ބަލިކޮށްފި
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
އިންޑިއާއިން ފިޔާ އެތެރެ ކުރަނީ ވަކި އެއްބަސްވުމަކުން
އިންޑިއާގެ ފިޔާ އެކްސްޕޯޓު ލިސްޓުގައި ރާއްޖެ ނުހިމެނޭ