Roadha Mihaaru
ފިޔާ ހިފައިގެން ރާއްޖެ އައިި ބޯޓެއް އަޑިއަށް ހިނގައްޖެ

ފިޔާ ހިފައިގެން ރާއްޖެ ދަތުރުކުރި ބޯޓެއް އަޑިއަށް ހިނގައްޖެ

22 އޮކްޓޯބަރ 2019

ފިޔާ ހިފައިގެން ރާއްޖެ ދަތުރުކުރި ބޯޓެއް އިއްޔެ އަޑިއަށް ހިނގައްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފިޔާ ހިފައިގެން ރާއްޖެ ދަތުރުކުރި ބޯޓެއް އިއްޔެ އަޑިއަށް ހިނގައްޖެ އެވެ.

މި ބޯޓު ދަތުރުކުރީ އެސްޓީއޯގެ 1500 ބަސްތާގެ ފިޔާ ހިފައިގެންނެވެ. އެ ހުރިހާ އެއްޗެއް ވެސް ހުރީ އިންޝުއާ ކޮށްފަ އެވެ. ބޯޓު އަޑިއަށް ދިޔައީ ކޮން ހިސާބަކުން ކަމެއް ވެސް ސާފެއް ނުވެ އެވެ.

މިދިޔަ ދެ ހަފްތާއެއް ތެރޭގައި އިންޑިޔާއިން ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު 80ރ. އަށް ވެސް އަރާފައިވެ އެވެ. އެއާ އެކު ބާޒާރުން ފިޔާ ހުސްވުމާ އެކު އެސްޓީއޯ އިން ވަނީ ލިމިޓް ކޮށްގެން އާންމުންނަށް ފިޔާ ވިއްކައިފަ އެވެ.

އެހެން ނަމަވެސް އިންޑިޔާއިން ރާއްޖެ އަށް ފިޔާ ލިބެން ފެށުމާ އެކު މިހަފްތާއިން ފެށިގެން ފިޔާގެ އަގު ވަނީ އާންމު ކޮށް ލިބެން ހުންނަ އަގުތަކަށް ބަދަލުވެފަ އެވެ. އެގޮތުން ބާޒާރުމަތީގައި ފިޔާ ކިލޯއެއް މިހާރު ލިބެން ހުރި 20ރ. އަށެވެ.