Roadha Mihaaru
ފޮރިން މިނިސްޓަރު ޝާހިދު ތައިލެންޑަށް ވަޑައިގެންފި

ޝާހިދު ތައިލެންޑަށް ވަޑައިގެންފި

15 އޮކްޓޯބަރ 2019

ތައިލެންޑްގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމޫޑްވިނާއީގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑަށް ވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތައިލެންޑްގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމޫޑްވިނާއީގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ކުރައްވާ ދަތުރުގައި، އެ ގައުމުގައި ހުރި ރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވުން އޮންނާނެ ކަަމަށެވެ. އެކަމަކު އޭނާގެ ދަތުރަކީ ހާއްސަކޮށް އެމްބަސީ ހުޅުވަން ކުރައްވާ ދަތުރެެއް ނޫން ކަމަށް ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވި އެވެ.

"މިނިސްޓަރުގެ ދަތުރަކީ ތައިލެންޑްގެ ފޮރިން މިނިސްޓަރުގެ ދައުވަަތަކަށް ކުރައްވާ ދަތުރެއް. އެމްބަސީ ހުޅުވުން ވެސް ދަތުރުގައި އޮންނާނެ،" އޭނާ ވިދާޅުވި އެވެެ.

ފޮރިން މިނިސްޓްރީން ބުނީ ތައިލެންޑަށް ދަތުރެއް ކުރައްވަން އެ ގައުމުން ޝާހިދަށް ދައުވަތު ދިނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަަދަހިވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށެވެ.

ތައިލެންޑް އެމްބަަސީ މިހާރު ރަސްމީކޮށް ހުޅުވިޔަސް އެ އެމްބަސީ ހެދީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ.

މިހާރުގެ ސަރުކާރުން އަލަށް އުފެއްދި ޑިޕޮލޮމެޓިކް މިޝަންތަކުގެ ތެރޭގައި ހިމެނެނީ އެެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގެ އެމްބަސީ އާއި ރަޝިޔާގެ ވެރިރަށް މޮސްކޯގައި އުފެއްދި އެމްބަސީ އާއި ސައުތު އެފްރިކާގެ ޕްރެޓޯރިއާ އާއި ސައުދީ އަރަބިއްޔާގެ ޖިއްދާގައި އުފެއްދި ކޮންސިއުލޭޓެވެ.