އިގުތިސާދާއި ތައުލީމީ އަދި ކުޅިވަރުގެ ދާއިރާއިން ހަންގޭރީއާ އެކު ދިވެހި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
09 ނޮވެމްބަރ 2022
އިގުތިސާދާއި ތައުލީމީ އަދި ކުޅިވަރުގެ ދާއިރާއިން ހަންގޭރީއާ އެކު ދިވެހި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ފަރާތުން އިގުތިސާދީ ދާއިރާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އަދި ޓޫރިޒަމްގެ ދާއިރާއިން ދެ ގައުމުގެ މާހިރުންނާއި އޮފިޝަލުންގެ ތަޖުރިބާތައް ހިއްސާކޮށް، ވިޔަފާރީގެ ފުރުސަތުތައް ވެސް ހޯދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ތައުލީމުގެ ދާއިރާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. ހަންގޭރީން ދިވެހިންނަށް ކޮންމެ އަހަރަކަށް ދެމުން އަންނަ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އެ އެއްބަސްވުމުގެ ދަށުން ވަނީ އިތުރުކޮށް ދީފަ އެވެ. އެ ބަދަލާ އެކު، 2024 ވަނަ އަހަރާ ހަމަ އަށް ޖުމްލަ 100 ސްކޮލާޝިޕް ދިވެހިންނަށް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
Outcomes of Official Visit of Minister Szijjártó:
— Ministry of Foreign Affairs ?? (@MoFAmv) November 9, 2022
✅MoU on Economic Cooperation
✅MoU on Higher Education
✅MoU on Sports Diplomacy pic.twitter.com/7RbJNiZOLa
ހަންގޭރީއާ އެކު ހެދި "ސްޕޯޓްސް ޑިޕްލޮމަސީ" އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެތުލީޓުންނަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ ކޯޗުން ތަމުރީނުކުރުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ބުންޏެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ދެ ގައުމުގެ ފޮރިން މިނިސްޓަރުން ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިނިސްޓަރު ސިއާޓޯގެ ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
ރާއްޖެ އާއި ހަންގޭރީއާ ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
"މިނިސްޓަރުގެ މި ދަތުރަކީ ވަރަށް ތާރީހީ ދަތުރެއް ވެސް މެ. މިއީ ހަންގޭރީގެ ހައި ލެވަލް އޮފިޝަލަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ދަތުރު،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މިއަދު ބޭއްވި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެހީތެރިވުމަށް ވާހަކަ ދެއްކެވި ކަމަށެވެ.
މި އަހަރު ޔުކްރެއިން އާއި ރަޝިޔާއާ ދެމެދު ފެށުނު ހަނގުރާމައާ ގުޅިގެން، ޔުކްރެއިންގައި ތާށިވި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ހަންގޭރީ އިން ދިން އެހީތެރިކަން ފާހަގަކުރައްވާ ޝާހިދު ޝަކުރު ވެސް އަދާކުރެއްވި އެވެ.
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރަޝިއާގެ އޮނަރަރީ ކޮންސުލްއަކަށް ފައުޒީ ހަމަޖައްސައިފި
މުހިއްމު ދެ އެއްބަސްވުމެއްގައި ގާނާއާއެކު ސޮއިކޮށްފި
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ރާއްޖެއަށް ދޭ އިންޑިއާގެ ހިލޭއެހީގެ އަދަދު އިތުރުކޮށްފި
ޝާހިދު، މޯދީއާ ބައްދަލު ކުރައްވައިފި
ދެ ގައުމަކުން އޮނަރަރީ ކޮންސުލުން އައްޔަންކޮށްފި
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު