ފުލުހަކާ ދެކޮޅަށް ހުށަހެޅި ބްލެކްމެއިލްގެ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަން ފަށައިފި އެވެ.
15 އޮކްޓޯބަރ 2019
ފުލުހަކާ ދެކޮޅަށް ހުށަހެޅި ބްލެކްމެއިލްގެ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 29 އަހަރުގެ ފިރިހެން ފުލުސް މީހާއާ ދެކޮޅަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. އެކަމަކު، އެ މައްސަލައިގެ ޖިނާއީ ބައިގެ އިތުރުން، އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެކަމެއް ހިނގީ އދ. ފެންފުށީގަ އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ އެހެން ރަށަކަށް ބަދަލުކޮށްފަ އެވެ. އޭރު ބްލެކްމެއިލްގެ މައްސަލައެއް އުޅޭ ކަމެއް ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.
ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްގެ ތަހުގީގަށް އެ މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"ތަހުގީގުގެ ވަރަށް ކުރީކޮޅު ވީމާ އަދި ބައެއް ކަހަލަ ތަފްސީލު ހާމަކުރަން ދަތި. މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ދާނަން،" އިޒްމިއާ ވިދާޅުވި އެވެ.
ކޮއްތު ފައިސާގެ މައްސަލާގައި ހަތަރު ފުލުހަކު ސަސްޕެންޑް
މީހަކު ރަހީނުކޮށް، ބަރަހަނާކުރި 2 މީހަކު ހައްޔަރު
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ބްލެކްމެއިލްކޮށްގެން ތިން ލައްކަ ރުފިޔާ އަތުލައިފި
ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރު
ލޯބިވެރިޔާ ބްލެކްމެއިލް ކުރި ފުލުސްމީހާ ހެކި ނައްތާލި
ލޯބިވެރިޔާ ބްލެކްމެއިލް ކުރި ޕޮލިހަކު ހައްޔަރުކޮށްފި
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯންޑުކުރުން ސީރިއަސް!
އަލަމްގީރުގެ ވީޑިއޯ ގެންގުޅުނު މީހުން ދޫކޮށްލައިފި