Roadha Mihaaru
ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯންޑުކުރުން ސީރިއަސް!

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯންޑު ކުރާ މައްސަލަ ސީރިއަސްކޮށް ބަލަން ފަށައިފި

17 މާޗް 2024

ކުޑަކުދިންގެ އޮރިޔާން ފެންނަ ތަކެތި ޑައުންލޯޑު ކުރާތީ، އެ ފަދަ ކަންކަން މޮނީޓާކުރާ ބޭރުގެ ފަރާތްތަކުން ހުށަހެޅި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ދިވެހި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންގެ އޮރިޔާން ފެންނަ ތަކެތި ޑައުންލޯޑު ކުރާތީ، އެ ފަދަ ކަންކަން މޮނީޓާކުރާ ބޭރުގެ ފަރާތްތަކުން ހުށަހެޅި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ދިވެހި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވިދާޅުވީ ކުޑަކުދިންގެ އޮރިޔާން ފެންނަ ފޮޓޯ އާއި ވީޑިއޯ ރާއްޖޭގައި ޑައުންލޯންޑު ކުރުމުގެ މައްސަލަ ބޮޑުވުމުން އެފަދަ ކަންކަން މޮނީޓަ ކުރާ ބޭރުގެ ފަރާތްތަކުން މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

ފުރަތަމަ މައްސަލަ ތަހުގީގުކޮށް އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި އެވެ. ނަމަވެސް، އެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް އަދި ސާފެއް ނުވެ އެވެ.

ސަފްއަތު ވިދާޅުވީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ޑައުންލޯންޑު ކުރުމުގެ ދެ ވަނަ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ރާއްޖެ އަށް ނިސްބަތްވާ އައިޑީތަކުން މި ގޮތަށް ޑައުންލޯންޑުކުރާ ފޮޓޯ އާއި ވީޑިއޯގެ މައްސަލަ ސީރިއަސްކޮށް ބަލަމުންދަނީ. އެކަން ބެލުމުގެ ގާބިލްކަން އިތުރުކުރަން މި ދާއިރާގެ ފުލުހުން ތަމްރީނު ކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

ސަފްއަތު ވިދާޅުވީ، ކުޑަކުދިންނަށް އެކި ކަހަލަ ގޯނާކޮށްގެން ހުށަހަޅާ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށާއި ކުޑަކުދިންނާ ގުޅޭގޮތުން ހުށަހަޅާ މި ފަދަ މައްސަލަތަަކަކީ ވަރަށް ހައްސާސީ މައްސަލަތަކަކަށް ވުމާ އެކު، ފުލުހުންނާ ވީހާ ވެސް އަވަހަކަށް ހިއްސާ ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލަތައް ތަހުގީގުކުރިއިރު، އެ މީހުންގެ އެކި ޑިވައިސްތަކުން 2-18 އަހަރާ ދެމެދުގެ ކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ފެނިފައިވެ އެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައުފް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައުފް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަފްއަތު ވިދާޅުވި ގޮތުގައި، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަ ތަހުގީގު ކުރުމުގައި އަމަލުކުރާނެ އުސޫލެއް ޕީޖީ އޮފީހާ ގުޅިގެން ޑްރާފްޓުކޮށް، އެ އުސޫލު މިހާރު އަންނަނީ ފައިނަލް ކުރަމުންނެވެ. އެހެންވެ، ކުޑަކުދިންނާ ގުޅޭ އެފަދަ މައްސަލަތަކުގައި ހަރުދަނާ ގޮތެއްގައި ތަހުގީގުކޮށް، ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެކަންކަމުގެ އިތުރުން، ކައިވެނި ކޮށްގެން އުޅޭ މީހުންނާއި ރައްޓެހިވެގެން އުޅޭއިރު ނަގާފައި ހުންނަ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ވެސް ސަފްއަތު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަނުން ދިމާވެ، ގެސްޓް ހައުސްތަކަށް ގެންދިއުމަށް ފަހު، ގަދަކަމުން ހިފަހައްޓައި، ރޭޕްކޮށް، އޮރިޔާން ފޮޓޯ އާއި ވީޑިއޯ ނަގައިގެން ވެސް ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ގިނަވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ސަފްއަތު ވިދާޅުވީ މޮބައިލް ފޯނުން ކުޑަކުދިން ކުރާ ކަންތައް ބެލެނިވެރިންނަށް އެނގުން މުހިއްމު ކަމަށެވެ. އޮންލައިންކޮށް ގޭމް ކުޅުމުގެ ތެރޭގައި، ފޮރިން ކަރަންސީ ދީގެން ވެސް ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ހޯދާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި މައުލޫމާތު ލިބުން ލަސްވެ، ނުވަތަ ސިއްރު ކުރަން އުޅޭ ކަމަށާއި ފުލުހުން މަސައްކަތް ކުރަމުން އަންނަނީ، ސަފްއަތު ވިދާޅުވި ގޮތުގައި ކުށުގެ ވެށިން ސަލާމަތްވެފައި ތިބި ކުދިންނަށް ހެދުމަށެވެ. އެއާ އެކު، ކުޑަކުދިންގެ އަދުލުގެ ގާނޫނުން ލިބެން ޖެހޭ ފުރުސަތު ލިބި، އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.