16 އޮކްޓޯބަރ 2019
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ނެރުއްވި ބަޔާނާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ނެރުއްވި ބަޔާނާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައި، އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުވާން އެ ކޮމިޝަނުން އޮތީ އަންގައިފަ އެވެ. އުއްތަމަ ފަނޑިޔާރު ވަނީ އެ މައްސަލަތަކަކީ ޖޭއެސްސީއަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، މިއަދު ބަޔާނެއް ނެރުއްވައިފަ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވާން އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން އެކަމަށް ދެކޮޅު ހައްދަވައި، އެމަނިކުފާނު ސިޓީ ފޮނުއްވާފައިވާ ކަމަށާ އަދި އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތަކެއް އެމަނިކުފާނު އާންމު ކުރައްވާފައިވާ ކަމަށެވެ. އެކަމަކީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅައި، ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި އެހެން ސުލޫކީ މައްސަލައެއްގައި އެމަނިކުފާނާ މެދު އެޅި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ކަމުގެ ލިޔުން އެމަނިކުފާނާ ހަވާލު ކުރެއްވުމުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެހެންވެ، އެކަންކަމާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނުގައި، ޖޭއެސްސީން މިހާރު ބަލަމުންދާ މައްސަލަތަކަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަަލަތަކެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ހުއްޓުވައި ދިނުމަށް ވެސް އެ ބަޔާނުގައި އެމަނިކުފާނު ގޮވާލައްވާފައިވެ އެވެ.
ސަސްޕެންޝަން ބަލައެއްނުގަންނަން: އުއްތަމަ ފަނޑިޔާރު
"ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް"
ފަނޑިޔާރުންނާ ގުޅޭ 200 މައްސަލަ ބެލިން: ޖޭއެސްސީ
ވަކި ވަގުތަކު ފިޔަވަޅު ނޭޅޭނެކަމަށް ނުދެކޭތި: ހިސާން
އުއްތަމަ ފަނޑިޔާރުގެ ތަހުގީގު ރިޕޯޓް ބަލައެއް ނުގަތް
އުއްތަމަ ފަނޑިޔާރުގެ މައްސަލާގެ ރިޕޯޓް ފޮނުވައިފި
އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖޭއެސްސީ ވަރުގަދަ ހިފުމަކަށް! ދެން ވާނީ ކިހިނެއް؟
"ހުކުމްތަކުގެ މައްސަލަތައް ޖޭއެސްސީއަކަށް ނުބެލޭނެ"