Roadha Mihaaru
މަދިރި މަދުުކުރާ މެޝިން ސޮނެެވާފުށިން މަޖިލީހަށް ދީފި

މަދިރި މަދުކުރާ ޒަމާނީ ސާމާނު ސޮނެވާފުށިން މަޖިލީހަށް ހަދިޔާކޮށްފި

17 އޮކްޓޯބަރ 2019

މަދިރި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޒަމާނީ އެއްޗެހިތަކެއް ސޮނެވާފުށި ރިސޯޓުން ރައްޔިތުންގެ މަޖިލީހަށް ހަދިޔާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަދިރި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޒަމާނީ އެއްޗެހިތަކެއް ސޮނެވާފުށި ރިސޯޓުން ރައްޔިތުންގެ މަޖިލީހަށް ހަދިޔާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަންް ޒިޔާއު ވިދާޅުވީ ސޮނެވާފުށިން މިއަދު މަޖިލީހަށް ހަދިޔާ ކުރި މެޝިންތަކަކީ މަދިރި އެއަށް ޝައުގުވެރި ކުރުވުމަށް ފަހު ދަމައިގަނެ ތާށިކޮށްލާ ގޮތަށް ފަރުމާކޮށްފައިވާ ތިމާވެއްޓާ ރަހްމަތްތެރި މެޝިންތަކެއް ކަމަށެވެ. ސޮނެވާފުށީގައި އޭގެ 450 މެޝިން ބަހައްޓައިގެން ރަނގަޅު ތަޖުރިބާއެއް ކޮށްފައިވާ ކަމަށް އެތަކެތި ހަވާލުކުރަން ވަޑައިގެންނެވި ބޭފުޅުން މައުލޫމާތު ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުން ވިދާޅުވި ގޮތުގައި، މަދިރި މަރަން އާއްމުކޮށް މިޖަހާ ދުން ޖެހުމުން، މަދިރީގެ އިތުރުން ކޮކާލާ އެހެން ސޫފާސޫފި ވެސް މަރުވޭ. އެ މައްސަލަޔަށް ހައްލެއް ހޯދަން މި މެޝިންތައް ބަހައްޓައިގެން އެ ރިސޯޓުން ވަނީ ރަަނގަޅު ތަޖުރިބާއެއް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މަދިރި މަދުކުރާ މެޝިންތަކުގެ މައުލޫމާތު ސޮނެވާފުށީގެ މެޑިކަލް އެންޓޮމޮޮލޮޖިސްޓް ބާޓް ނޯލްސް ނަޝީދަށް ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މަދިރި މަދުކުރާ މެޝިންތަކުގެ މައުލޫމާތު ސޮނެވާފުށީގެ މެޑިކަލް އެންޓޮމޮޮލޮޖިސްޓް ބާޓް ނޯލްސް ނަޝީދަށް ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ސޮނެވާފުށިން މަޖިލީހަށް ހަދިޔާކުރި މެޝިނަށް ކިޔަނީ "ބީޖީ މޮސްކިޓެއާ ޓްރެޕް" އެވެ. މަދިރި ޝައުގުވެރިކުރުވާ މާހައުލެއް މެޝިނުގެ ވަށައިގެން އުފެއްދުމަށް އެއަށް އަޅަނީ އެކަމަށް ހާއްސަ ޕައުޑަރެކެވެ.

މެޝިންތައް މަޖިލީހަށް ހަދިޔާ ކުރަން ސޮނެވާފުށިން މިއަދު އަައި ޓީމުން ވަނީ އެ ބޭނުންކުރާނެ ގޮތާއި އޭގެ ފައިދާއާ ބެހޭ ޕްރެެޒެންޓޭޝަނެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންނަށް ދައްކާލާފަ އެވެ. އެ މެޝިންތައް ނަޝީދާ ހަވާލުކުރެއްވީ މެޑިކަލް އެންޓޮމޮޮލޮޖިސްޓް ބާޓް ނޯލްސް އެވެ. އޭނާއަކީ ނެދަލޭންޑްސްގެ ކޭ އެންޑް އެސް ކޮންސަލްޓިން އަދި ރެޑްބޫޑް ޔުނިވާސިޓީގެ ކޮންސަލްޓެންޓެކެވެ.

ޒިޔާއު ވިދާޅުވީ މަދިރި މަދުކުރާ މެޝިންތަކެއް މަޖިލީހަށް ލިބިފައި މިވަނީ މަދިރީގެ އުނދަގޫ ވަރަށް ބޮޑުވެފައި ވަނިކޮށް ކަމަށެވެ.