Roadha Mihaaru
ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވިޔަނުދޭތި: ނަޝީދު

ވެންޓިލޭޓަރަށް ވީ ގޮތް ވެކްސިނަށް ވިޔަދީގެން ނުވާނެ: ނަޝީދު

25 ނޮވެމްބަރ 2020

ކޮވިޑް-19ގެ ސަބަބުން ހާލުބޮޑުވާ މީހުންނަށް ދޭންޖެހޭ ފަރުވާ އަށް ތައްޔާރުވުމުގެ ގޮތުން ވެންޓިލޭޓަރު ގެންނަން އުޅުނު އިރު ކަން ހިނގި ގޮތަށް، އެ ބަލީގެ ވެކްސިން ގެނައުމުގެ ކަންކަން ވިޔަ ނުދިނުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19ގެ ސަބަބުން ހާލުބޮޑުވާ މީހުންނަށް ދޭންޖެހޭ ފަރުވާ އަށް ތައްޔާރުވުމުގެ ގޮތުން ވެންޓިލޭޓަރު ގެންނަން އުޅުނު އިރު ކަން ހިނގި ގޮތަށް، އެ ބަލީގެ ވެކްސިން ގެނައުމުގެ ކަންކަން ވިޔަ ނުދިނުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.

ގައްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަަރު އަހުމަދު ޒާހިރު، އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލެއްގެ ޖަވާބު މަޖިލީހަށް އިއްވެވުމުގެ ކުުރިން ނަޝީދު ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު މިއަދު ވަޑައިގެންނެވި ނަމަ ވެކްސިންގެ ސުވާލު ކޮށްލެވުނީސް ކަމަށެވެ. ނަމަވެސް ޒާހިރު އެދިވަޑައިގެންފައި އޮތީ މިނިސްޓަރު ނަސީމުގެ ޖަވާބެއް ލިޔުމުން ހޯއްދަވަން ކަމަށް ވާތީ ޖަވާބު ފޮނުއްވާފައި އޮތީ ލިޔުމުންނެވެ.

ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކަށް ވީ ގޮތް ވެކްސިނަށް ވެއްޖެ ނަމަ އެކަން ވާނީ ވަރަށް ހައްސާސް މައްސަލައަކަށް ކަމަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި އިރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި އިރު ނޫސްވެރިންނާ ވާހަކަދައްކަވަނީ.

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާއި އެ ވެންޓިލޭޓަރުތައް އަދިވެސް ނުލިބި އޮތް އޮތުމަށެެވެ.

"ވެކްސިންގެ ކަންތައް، ވެންޓިލޭޓަރަށް ވީ ގޮތަށް ވެ ނުދިއުމަށް މިހާރުއްސުރެ އަޅުގަނޑުމެން އެ ކަމަށް ސަމާލުވެ ތިބެންޖެހޭ. އަދިވެސް ވެންޓިލޭޓަރެއް ރާއްޖެ އަށް މިކަމާ ގުޅޭ ގޮތުން ގެނެވިފައި އޮތީކީ ނޫން. އެގޮތަށް ވެކްސިން އަށް ކަންތައްތައް ދިމާވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް އެކަން ވެގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ބެލީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެންނެވެ. ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލަގަނޑުގެ ތެރޭގަ އެވެ. އެމްޑީީގެ އިސް މެމްބަރު ނަސީމަށް ހެލްތު މިނިސްޓަރުކަން ދެއްވީ އަމީން އިސްތިއުފާ ދެއްވުމުންނެވެ.