Roadha Mihaaru
ސީރިއާ އިން ފޭބި އެމެރިކާ ސިފައިން އިރާގަށް

ސީރިއާ އިން ފޭބި އެމެރިކާ ސިފައިން އިރާގަށް

21 އޮކްޓޯބަރ 2019

ވޮޝިންޓަން (އޮކްޓޯބަރު 21) - ސީރިއާގެ އުތުރުގެ ސަރަހައްދުތަކުން ފައިބާ އެމެރިކާ ސިފައިންގެ ލަޝްކަރު އިރާގުގެ ހުޅަނގުގެ ސަރަހައްދަށް ބަދަލުކުރާނެ ކަމަށް ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 21) - ސީރިއާގެ އުތުރުގެ ސަރަހައްދުތަކުން ފައިބާ އެމެރިކާ ސިފައިންގެ ލަޝްކަރު އިރާގުގެ ހުޅަނގުގެ ސަރަހައްދަށް ބަދަލުކުރާނެ ކަމަށް ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެސްޕާ ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަމަލާތައް އަލުން ފެށިޔަ ނުދިނުމަށްޓަކައި އިރާގަށް ގާތްގަނޑަކަށް އެމެރިކާގެ 1،000 ސިފައިން ފޮނުވާނެ ކަމަށެވެ.

އެސްޕާ ވިދާޅުވީ އެމެރިކާ ސިފައިން ކުރާނީ އިރާގު ދިފާއު ކުރުމާއި އައިއެސް އިން ދީފާނެ ހަމަލާތައް ހުއްޓުވުމުގެ މަސައްކަތް ކަމަށެވެ.

ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ސީރިއާ އިން ފައިބާ އެމެރިކާ ސިފައިން ގެންދާނީ އެމެރިކާ އަށް ކަމަށެވެ. އެމެރިކާ ސިފައިން ސީރިއާގެ އުތުރުން ފައިބާނެކަން ޓްރަމްޕް އިއުލާން ކުރެއްވުމާ އެކު ތުރުކީން ވަނީ މި މަހު 9 ވަނަ ދުވަހު ކުރުދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށައިފަ އެވެ. ތުރުކީން ބުނެފައި ވަނީ ބޯޑަރު ސަރަހައްދުން ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ހަނގުރާމަވެރިން ފައިބާ އެ ސަރަހައްދުގައި ސޭފް ޒޯނެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. ތުރުކީން ގަބޫލް ކުރަނީ އެސްޑީއެފްގެ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުން ކަމަށެވެ.

ކުރުދީ ހަނގުރާމަވެރިން ބުނެފައި ވަނީ އެ މީހުން މިހާރު ބޯޑަރު ސަރަހައްދުން ފައިބަން ފަށާފައިވާ ކަމަށެވެ.