ސީރިޔާ އާއި އިރާގުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވަމުން އަންނަ، އީރާންގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަކަށް، އެމެރިކާ ސިފައިން ރޭ ހަމަލާތަކެއް ދީފި އެވެ.
ސީރިޔާ އާއި އިރާގުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވަމުން އަންނަ، އީރާންގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަކަށް، އެމެރިކާ ސިފައިން ރޭ ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ އިރާގާއި ސީރިޔާގައި ތިބި އީރާންގެ ހަނގުރާމަވެރިންގެ ހަތިޔާރު ރައްކާކުރާ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށެވެ. އެ ގޮތުން ސީރިޔާގެ ތެރެއިން އީރާންގެ ހަނގުރާމަވެރިންގެ ހަތިޔާރު ރައްކާކުރާ ދެ ގުނަކަށާއި، އިރާގުގައި ހުރި އެފަދަ ގުދަނަކަށް ވެސް ވައިގެ މަގުން ހަމަލާދީ އެތަންތަން ހަލާކު ކޮށްލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެމެރިކާ އިން އީރާންގެ ހަނގުރާމަވެރިންގެ އަމާޒުތަކަކަށް ހަމަލާތަކެއް މި ދިނީ، އިރާގުގައި ތިބި އެމެރިކާ ސިފައިންނަށާއި ސިފައިންގެ މަރުކަޒުތަކަށް އީރާންގެ ހަނގުރާމަވެރިން، ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް އެމެރިކާ އިން ބުނެ އެވެ. މި ހަމަލާތަކުގައި މީހަކު މަރުވިކަމަށް ނުވަތަ ޒަހަމްވި ކަމަށް، އެމެރިކާގެ އަސްކަރިއްޔާގައި ބުނެފައެއް ނެތެވެ.
ނަމަވެސް އިނގިރޭސި ވިލާތުގައި ހުންނަ، ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި، އެމެރިކާ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގައި އީރާންގެ ހަނގުރާމަވެރިންގެ ތެރެއިން މަދުވެގެން ފަސް މީހަކު މަރުވި އެވެ. އަދި އިތުރު އެތައް ބަޔަކު ޒަހަމްވި އެވެ.
ސިރިޔާގެ ރަސްމީ ނޫސް އޭޖެންސީ ސަނާ އިން ބުނި ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި މަރުވީ ކުޑަކުއްޖެއް އެކަންޏެވެ. ނަމަވެސް އިތުރު ތިން މީހަކު ޒަހަމްވި އެވެ.
އެމެރިކާގެ ފައިޓަރު ބޯޓުތަކުން ދިން މި ހަމަލާތަކަކީ، ރައީސް ޖޯ ބައިޑެންގެ ސީދާ އަމުރަކުން ތަންފީޒު ކުރި ހަމަލާތަކެކެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ބައިޑެންގެ އަމުރަށް، އީރާންގެ ހަނގުރާމަވެރިންނަށް ހަމަލާދިން ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިފަދަ ހަމަލާތަކެއް ދިނީ، އިރާގުގައި އެމެރިކާގެ އަމާޒުތަކަކަށް ދިން ރޮކެޓް ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެމެރިކާ ސިފައިންނަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގެ ގޮތުން، އެމެރިކާގެ ދުޝްމަނުންނަށް މިފަދަ ހަމަލާތައް ދޭނެ އެވެ. އަދި މިއީ އެމެރިކާ އަށް ހަމަލާ ދިނުމަށް ފަހު، ރައްކާތެރިކަމާ އެކު ނުތިބެވޭނެ ކަމުގެ ސާފު މެސެޖެއް ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
އަސްކަރިއްޔާގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި، އިއްޔެގެ ހަމަލާތައް އަމާޒުކުރި ތަންތަނަކީ، އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް، ޑްރޯން ޒަރީއާއިން ހަމަލާތައް ދިނުމަށް ބޭނުންކުރާ ތަންތަނެވެ. އަދި އެ ތަންތަން ބޭނުންކުރަނީ، އީރާނު ސަރުކާރުން މަދަދު ލިބޭ ހަނގުރާމަވެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި
އެމެރިކާ ބަދަލުހިފުމުން އިރާގާއި ސީރިއާ ރުޅިގަދަވެއްޖެ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
އެމެރިކާ ސިފައިންނަށް ދޭ ހަމަލާތައް އިތުރުވަނީ
ސީރިއާ އިން ފޭބި އެމެރިކާ ސިފައިން އިރާގަށް
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން