Roadha Mihaaru
ގަނޑުކުރި މަސް ވިއްކުން މިފްކޯ އިން ހުއްޓާލަނީ

ގަނޑުކުރި މަސް ވިއްކުން މިފްކޯ އިން ހުއްޓާލަނީ

22 އޮކްޓޯބަރ 2019

ގަނޑުކުރި މަސް އަންނަ ޑިސެމްބަރު މަހުން ފެށިގެން މިފްކޯ އިން ވިއްކުން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގަނޑުކުރި މަސް އަންނަ ޑިސެމްބަރު މަހުން ފެށިގެން މިފްކޯ އިން ވިއްކުން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިފްކޯ އިން ވިއްކާ މަހުގެ ބާވަތްތަކަކީ 100 ޕަސެންޓް ޕްރޮސެސްޑް މަހަށް، އަންނަ ޑިސެމްބަރު މަހުން ފެށިގެން ހަދާނެ ކަމަށެވެ. އެގޮތުން ތައިލެންޑަށް ފޮނުވާ މަސް އެ ގައުމުގެ ފެކްޓްރީއެއްގައި ޕްރޮސެސްކުރުމަށް ފަހު، ބޭރުގެ އެހެން ކުންފުނިތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުންފުނީގެ ގެއްލުން ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ކުރަނީ އައިޓީއެފްސީ [އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން] ލޯން އެހީގެ ދަށުން. މިކަން ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ،" އޭނާ ވިދާޅުވި އެވެ.

ފެލިވަރު އައިސް ޕްލާންޓުގައި މަސް ފިނިކުރަން-- ފޮޓޯ:ނިޝާން އަލީ/ މިހާރު

ފެލިވަރު އައިސް ޕްލާންޓުގައި މަސް ފިނިކުރަން-- ފޮޓޯ:ނިޝާން އަލީ/ މިހާރު

މިމަހު ކުރީކޮޅު އައިޓީއެފްސީން ވަނީ ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް އެއްބަސްވެފަ އެވެ.

ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ 70 ޕަސެންޓަކީ ގަނޑުކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާ މަހެވެ. ތައިލެންޑުގެ މަސް ފެކްޓްރީތައް މެދުވެރިކޮށް ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކުރުމަށް ނިންމާފައި ވާއިރު މިހާރު ވެސް ކޫއްޑޫ އާއި ފެލިވަރުން އަންނަނީ ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށް ވިއްކަމުންނެވެ. އެ ދެ ތަނުން ޕްރޮސެސް ކުރެވެނީ ރާއްޖޭގައި ބާނާ މަހުގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ.

ފެލިވަރުން ބަންދުކުރާ މަސް ދަޅުތައް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފެލިވަރުން ބަންދުކުރާ މަސް ދަޅުތައް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްމާއިލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި ޕްރޮސެސް ކުރުމަށް ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރާނެ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި މިކަމުގެ އަމަލީ މަސައްކަތް ފަށާނެ ކަަމަށެވެ.