Roadha Mihaaru
ފޯނާއި ކެންސަރު: އެނގެންޖެހޭ ފަސް ކަމެއް

ފޯނާއި ކެންސަރު: އެނގެންޖެހޭ ފަސް ކަމެއް

31 މެއި 2016

މޯބައިލް ފޯނު ބޭނުންކުރުމުން ކެންސަރުޖެހޭ ކަމަށް ދައްކާ ވާހަކައިގެ ބަހުސް އަނެއްކާވެސް މި ވަނީ ވަރުގަދަވެފަ އެވެ. ފޯނާއި ކެންސަރާ ގުޅުވައިގެން ދައްކަމުން އައި ވާހަކަތައް އަނެއްކާވެސް ހޫނުވެފައި މި ވަނީ އެމެރިކާގައި ކުރި ދިރާސާއަކަށް ފަހުގަ އެވެ. އެ ދިރާސާ އިން ދައްކަނީ ފޯނުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހޭ ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މޯބައިލް ފޯނު ބޭނުންކުރުމުން ކެންސަރުޖެހޭ ކަމަށް ދައްކާ ވާހަކައިގެ ބަހުސް އަނެއްކާވެސް މި ވަނީ ވަރުގަދަވެފަ އެވެ. ފޯނާއި ކެންސަރާ ގުޅުވައިގެން ދައްކަމުން އައި ވާހަކަތައް އަނެއްކާވެސް ހޫނުވެފައި މި ވަނީ އެމެރިކާގައި ކުރި ދިރާސާއަކަށް ފަހުގަ އެވެ. އެ ދިރާސާ އިން ދައްކަނީ ފޯނުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހޭ ކަމަށެވެ.

ފޯނާ ނުލައި އުޅުމަކީ މިހާރު ނުވާ ވަރުގެ ކަމަކަށް ވެފައި ވާތީ މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ. މީދާ ބޭނުންކޮށްގެން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ފޯނުގެ ރޭޑިއޭޝަންގެ ތެރޭގައި ގެންގުޅުނު މީދަލުގެ ސިކުނޑި އާއި ހިތުގައި ރޭޑިއޭޝަންގެ ސަބަބުން ޓިއުމަރު އުފެދުނު ކަމަށެވެ. މިއީ ބިރުވެރި ޚަބަރަކަށްވި އެވެ. މިއީ ކޮންކަހަލަ ދިރާސާއެއް ހެއްޔެވެ؟ ދިރާސާގައި ބުނަނީ ކީކޭހެއްޔެވެ؟

ދިރާސާކުރީ ކޮން ބައެއް؟

މި ދިރާސާކުރީ އެމެރިކާގެ ނެޝަނަލް ޓޮކްސިލޮޖީ ޕްރޮގްރާމް (އެންޓޫޕީ) އިންނެވެ. މިއީ އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސްގެ ދަށުން ހިންގާ ތަނެކެވެ. އެންޓީޕީ އަކީ އިންސާނުންނަށް ގެއްލުން ހުރި މާއްދާތައް ދެނެގަތުމުގެ ދިރާސާތައް ކުރާ ތަނެކެވެ. ފޯނާއި ކެންސަރާ ބެހޭ ގޮތުން ކުރި ދިރާސާއަށް 25 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ދިރާސާކުރީ ކިހިނެއް؟

ދިރާސާކުރުމަށް ބޭނުންކުރީ މީދަލެވެ. ފޯނުން ބޭރުވާ ރޭޑިއޭޝަންގެ ތެރޭގައި ދެ އަހަރު ދުވަސް ވަންދެން މީދާތައް ގެންގުޅެ، ރޭޑިއޭޝަންގެ ސަބަބުން އެސޮރުމެންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ވަނީ ބަލައިފަ އެވެ.

ދިރާސާއިން އެނގުނީ ކޮން ކަމެއް؟

މި ދިރާސާ އިން އެނގުނު ގޮތުގައި ރޭޑިއޭޝަންގެ ސަބަބުން މީދަލުގެ ހިތާއި ސިކުނޑީގައި ޓިއުމަރު އުފެދުމުގެ ފުރުސަތު އިތުރުވެ އެވެ. އެކަމަކު އެއީ އެހާ މަތީ މިންވަރަކަށް ނޫނެވެ. އަދި ރޭޑިއޭޝަންގެ ސަބަބުން ޓިއުމަރު އުފެދުމުގެ ފުރުސަތު އަންހެން މީދަލަށް ވުރެ ބޮޑަށް އޮންނަނީ ފިރިހެން މީދަލަށް ކަމަށް ވެސް ދިރާސާ އިން އެނގުނެވެ.

ސައިންސްވެރިންނާއި ސިއްހީ އޮފިޝަލުން ބުނަނީ ކީކޭ؟

އިންސްޓްޓިއުޓް އޮފް ހެލްތު އިން ބުނެފައި ވަނީ ފޯނު ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހިދާނެ ކަމަށް ކުރީގެ ދިރާސާތަކުން ވެސް ދައްކާފައިވާކަން ފާހަގަކުރަންޖެހޭ ކަމަށެވެ. ސައިންސްވެރިން ވެސް އަދި ސިއްހީ އޮފިޝަލުން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މިކަމާ ބެހޭ އިތުރު ދިރާސާތައް އަދި ބޭނުންވެ އެވެ. ފޯނުން ކެންސަރުޖެހޭ ކަމަށް ކަނޑައެޅިގެން ބުނަން އަދިވެސް އިތުރަށް ދިރާސާކުރަންޖެހޭ ކަމަށާއި އެކަމަކު މިހާތަނަށް ހެދި ދިރާސާތަކުން ކެންސަރުގެ ނުރައްކާ ނެތް ކަމަށް ނިންމެން ނެތް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ރައްކާތެރިވާން ކުރެވޭނީ ކޮން ކަމެއް؟

ފޯނުން ބޭރުވާ ރޭޑިއޭޝަންގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ކުޑަކުރަން ބޭނުންވާ ނަމަ، ފޯނުން ވާހަކަ ދައްކާއިރު ހެޑްސެޓް ބޭނުންކުރުމަށް މާހިރުން ލަފާ ދެއްވަ އެވެ. އަދި ޖީބަށް ފޯނު ލާފައި ބާއްވާ ވަގުތު ވީވަރަކުން ކުޑަކުރުމަށް ވެސް ލަފާ ދެ އެވެ. - ވޯލްސްޓްރީޓް