Roadha Mihaaru
ފާހާނާ ތައްޓަށް ވުރެ މޮބައިލް ފޯނު މުޑުދާރު

ފާހާނާ ތައްޓަށް ވުރެ މޮބައިލް ފޯނު މުޑުދާރު

04 ޑިސެމްބަރ 2018

މޮބައިލް ފޯނަކީ މިހާރު ކޮންމެ މީހެއްގެ އަތުގައި ވެސް 24 ގަޑިއިރު އޮންނަ އެއްޗެކެވެ. އެހެންވީމާ މީތި ހަޑިވާނެ ވަރާ ދޭތެރޭ ވިސްނައިލާށެވެ. މިއީ ފަހަރުގައި ބައެއް މީހުންގެ ސަމާލު ކަމަށް އެހާ ބޮޑަށް އައިސްފައި ނެތް ކަމަކަށް ވެސް ވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޮބައިލް ފޯނަކީ މިހާރު ކޮންމެ މީހެއްގެ އަތުގައި ވެސް 24 ގަޑިއިރު އޮންނަ އެއްޗެކެވެ. އެހެންވީމާ މީތި ހަޑިވާނެ ވަރާ ދޭތެރޭ ވިސްނައިލާށެވެ. މިއީ ފަހަރުގައި ބައެއް މީހުންގެ ސަމާލު ކަމަށް އެހާ ބޮޑަށް އައިސްފައި ނެތް ކަމަކަށް ވެސް ވެދާނެ އެވެ.

އެކަމަކު މޮބައިލް ފޯނުގެ ސާފުތާހިރުކަމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާއެއްގެ ނަތީޖާ އަށް ބަލާ އިރު މިއީ ހަމަ ޔަގީނުން ވެސް ސީރިއަސްކޮށް ވިސްނައިލަން ޖެހޭ ވަރުގެ ކަމަކަށް ވާނެ އެވެ. އިނިޝިއަލް ވޮޝްރޫމް ހައިޖީނުން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި އަތުގައި ގެންގުޅޭ މޮބައިލް ފޯނުގެ ނުތާހިރުކަން ފާހާނާ ތައްޓަށް ވުރެ 7 ގުނަ ބޮޑެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ އެންމެ މުޑުދާރު ކަމަށް ބެލެވޭ ފޯނުތަކަކީ ލެދަރު ކަވަރު ލައްވައިގެން އުޅޭ ފޯނުތަކެވެ. އަދި އެފަދަ ފޯނުތަކުގެ ކަަވަރުގައި ތަފާތު އެކި ކަހަލަ ނުރައްކާތެރި ޖަރާސީމުތައް އަށަގަންނަލެއް ފަސޭހަވެފައި، އޭގެ ގެއްލުން ވެސް ބޮޑު ކަމަށް ބުންޏެވެ.

ދިރާސާގައި ބުނި ގޮތުގައި މޮބައިލްގެ މުޑުދާރުކަން ބޮޑުވާ މައިގަނޑު އެއް ސަބަބުގެ ތެރޭގައި ބައެއް މީހުން ފޯނާ އެކު، ފާހާނާ ކުރަން ވަދެ، ތަށިމަތީގައި ފޯނު ބޭނުން ކުރުން ހިމެނެ އެވެ.

އަދި ފޯނުގައި ބެކްޓީރިއާ އަށަގެންފައިވާ މިންވަރު، ފޯނުގެ ކަވަރު ސްކޭންކޮށްލުމުން ހައިރާންކޮށްލާ ވަރަށް ދައްކުވައިދޭ ކަމަށް ދިރާސާ ހެދި ޓީމުން ބުންޏެވެ.

ފާހާނާތަށި މަތީގައި މީހަކު ފޯނު ބޭނުން ކުރަނީ.

ފާހާނާތަށި މަތީގައި މީހަކު ފޯނު ބޭނުން ކުރަނީ.

"އެހެންވީމަ އެބަޖެހޭ ގެންގުޅޭ ފޯނުގެ ސާފުތާހިރު ކަމަށް ހާއްސަ ސަމާލު ކަމެއް ދޭން. އެހެން ނޫނީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު،" ދިރާސާ އަށް އިޝާރާތް ކުރައްވައި އެބަޑީން ޔުނިވަސިޓީގެ ޕްރޮފެސަރު ހިއު ޕެނިންޓަން ވިދާޅުވި އެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިނުން 2011ގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މޮބައިލް ފޯނު ގެންގުޅޭ ކޮންމެ ހަ މީހަކުން އެކެއްގެ ފޯނަކީ ބޮޑުކަމުދާ ތަކެތީގެ ނަޖިހުގެ އަސަރު އެކުލެވޭ ފޯނުތަކެވެ.

އެގޮތުން އެފަދަ މީހުންގެ ފޯނުތަކުގައި ބޮޑުކަމުދާ ތަކެތީގައި ހިމެނޭ ނުރައްކާތެރި ބެކްޓީރިއެއް ކަމަށްވާ އީ-ކޮލީ މަތީ މިންވަރަކަށް އަށަގެންފައި ހުންނަ ކަމަށް ބުންޏެވެ. މީގެ ސަބަބުން ކާނާ ވިހަވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވަ އެވެ.