Roadha Mihaaru
ހައި ކޯޓު ފަނޑިޔާރުކަމަށް 12 ބޭފުޅަކު ކުރިމަތިލައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި

23 އޮކްޓޯބަރ 2019

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 11 އަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ކުރިން ގެނެސްފައިވާ އިސްލާހާ އެކު، އެ ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އޮތުމުންނެވެ. އެ ދެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ. އެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެކަމަކު އެ ބޭފުޅުންގެ މައުލޫމާތެއް ޖޭއެއްސީން އަދި ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ވެސް އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބިވަޑައިގަންނަވާއިރު، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ދޭނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން ގާނޫނަށް އިސްލާހު ގެނައީ އެ ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދައި، އެއިން ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ފޮނުވަން ޖެހުމުން މާލޭގައި ހިންގާ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމުންނެވެ. އެކަމަކު ގާނޫނަށް އެ ބަދަލު ގެނައި ފަހުން ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބެން ނުޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.