ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބިޑް ކުރުމެއް ނެތި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ބޮސްކާލިސްއާ ހަވާލުކުރީ ރަނގަޅަށްތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
24 އޮކްޓޯބަރ 2019
ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބިޑް ކުރުމެއް ނެތި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ބޮސްކާލިސްއާ ހަވާލުކުރީ ރަނގަޅަށްތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ އެ ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަކަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭސީސީން މިކަން ބަލަން ފެށިއިރު، ދައުލަތުން ބޮޑު ހޭދައެއް ކުރާ މި މަޝްރޫއު، ބީލަމަށް ހުޅުވާނުލައި ބޮސްކާލިސްއާ ހަވާލުކުރި މައްސަލައިގައި ދަނީ ސުވާލު އުފައްދަމުންނެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަނޑައަޅާފައިވާ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ދެފުށްފެންނަ އުސޫލަކަށް އަމަލުކުރަން ވެސް އަންނަނީ ގޮވާލަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ބިޑަށް ހުޅުވާ ނުލި ނަމަވެސް އެ މަޝްރޫއު ހަވާލުކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ. އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން އެގޮތަށް ކަނޑައެޅީ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރީ ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށެވެ. އަދި އެއްބަސްވި ގޮތުން، ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއްލުން ވެސް މި މަޝްރޫއުގައި ހިމެނޭ އިރު ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެ އެވެ.
މިއީ، މާލޭގެ ތޮއްޖެހުން ކުޑަކުރަން މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތެކެވެ.
ބޮސްކާލިސްގެ ގާބިލްކަމަށް ބަލައި މަޝްރޫއު ހަވާލުކުރި އިރު ފަހަކަށް އައިސް ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ހިންގަނީ އެމްޓީސީސީންނެވެ. އެ ކުންފުނީގެ ގާބިލްކަން އިތުރުކޮށް، ބިން ހިންކުމުގެ ހުރިހާ މަޝްރޫއެއް އެމްޓީސީސީ މެދުވެރިކޮށް ކުރިއަށް ގެންދަން އެ ކުންފުނިން އޮތީ ބޮޑު ޑްރެޖަރު، މަހާޖައްރާފް ގެނެސްފަ އެވެ. އެކަމަކު ބީލަމަށް ނުލައި ހަވާލުކުރި އިރު، އެމްޓީސީސީ އަށް މި މަޝްރޫއުގެ މައުލޫމާތެއް ނޭނގެ އެވެ.
މިކަމާ ގުޅޭ ގޮތުން ކުންފުނީގެ އިސް ބައެއް ބޭފުޅުން ކަންބޮޑުވުންފާޅުކުރަން ފެށުމުން، އެމްޓީސީސީން ބުނެފައި ވަނީި ސަރުކާރުން ބޭނުންވާ މުއްދަތުގައި ގުޅިފަޅު ހިއްކުމުގެ ގާބިލްކަން މަހާ ޖައްރާފުގެ ނެތް ކަމަށެވެ. އެހެން ނަމަވެސް، ވަސީލަތްތައް އިތުރުކޮށްގެން އެ މުއްދަތުގެ ތެރޭގައި ހިއްކިދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީގެ ފައިސާއަށް އިހުމާލުވި މައްސަލައެއް
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ގުޅިއަށް 10.5 ހެކްޓަރުގެ ބިން އިތުރުކޮށް ނިމިއްޖެ
މަސައްކަތް ހިނގާތަން ކޮންމެ ރަށަކުން މިހާރު ފެންނާނެ
ސައީދަށް ކުރާ ދެވަނަ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓް
އޭސީސީއަށް ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓް މައްސަލަތައް
އޭސީޕީ ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް
ކަސްޓަމްސްގެ ކުރީގެ އިސްވެރިއަކަށް ރިޝްވަތުގެ ދައުވާއެއް