މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައި ހޯދަން ރޭ އިއުލާން ކުރި އިރުފާން ރުޝްދީ، އެ މާރާމާރީގެ އެއް އަހަރު ކުރިން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން އެންގި ނަމަވެސް އެ މާރާމާރީ ހިންގި ތަނުން އޭގެ ފަހުން ފެންނަ ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
25 އޮކްޓޯބަރ 2019

އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ 2015 ގައި އިރުފާން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މާރާމާރީ ހިންގިއިރު އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށް ކޮމިޝަނުން ބުނެ އެވެ.
އިރުފާން ހޯދުމަށް ޖޫން، 2016 ގައި ފުލުހުން ވެސް އިއުލާން ކުރި އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އޭނާ ނުފެނެ އެވެ.
Fathir maraali massalaigai kuda kujjakaai, meehaku hoadhanee | Mihaaru
The most trusted news source in the Maldives
Mihaaru
ފާތިރު މަރާލި މައްސަލާގައި ދެ މީހަކު ހޯދަން 2016 ގައި އިއުލާން ކުރުން--
އެހެންވެ، އިރުފާން ހޯދުމަށް ރިޔާސީ ކޮމިޝަނުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ޖޫން 2016 ގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ، މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.
ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ. އެއީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީތަކެކެވެ.
އިރުފާންގެ މައްސަލަ: އިމިގްރޭޝަނާއި ފުލުހުން ކޮބާ؟
ލޯންޗެއްގައި ހުއްޓާ އިރުފާނު ހައްޔަރުކޮށްފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ
ފާލުބެލުމުގެ ހިދުމަތް ދޭ ގުރޫޕު ހިފަހައްޓައިފި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާ ބަންދަށް
އިމިގްރޭޝަންގެ ނަމުގައި ގެއަކަށް ވަދެ ފޭރިއްޖެ
100 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަތުލައިގެންފި
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!