މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދަން މި ފަހުން ފެށި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން އަތުލައިގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
10 ޖުލައި 2024
މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދަން މި ފަހުން ފެށި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން އަތުލައިގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އެ އިދާރާ އާއި ފުލުހުން ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް 101 ބިދޭސީން އަތުލައިގަނެފައިވާ ކަމަށެވެ.
އެ އެންމެންގެ ލިޔެކިޔުންތައް ހަމަކޮށް، ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1،800 އާ ގާތްކުރާ އަދަދަކަށް ރާއްޖެ އިން ވަނީ ބިދޭސީން ޑީޕޯޓް ކޮށްލާފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
މާލޭގައި ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަތަކާއި ޓޭކްއަވޭ ކޮފީތައް ރޭ ވެސް ފާސްކޮށް ބަޔަކު ވަނީ އަތުލައިގަނެފަ އެވެ.
އެ އޮޕަރޭޝަންގައި ވަނީ މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަނެފަ އެވެ. ދެ ވަނަ ރެއިޑުގައި އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ގޮސް ބެލިއިރު ތިބި ބިދޭސީން އަނެއްކާ ގެންދިއުމާ އެކު، މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ހިންގާ "ހާފް ޕްރައިސް" މާރުކޭޓު ވަނީ އެއްކޮށް ބަންދު ކުރަން ޖެހިފަ އެވެ. އެ މާރުކޭޓު ބަންދު ކުރަން ޖެހުނީ ގޮޅިތަކުގައި ވިޔަފާރި ހިންގާނެ ބިދޭސީން ނެތިގެންނެވެ.
ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް މިިދިޔަ ހޯމަ ދުވަހުގެ ރޭ ހޯދައި، ވަނީ ހިފަހައްޓައިފަ އެވެ. އެ ބިދޭސީ މީހާއާ އެކު، އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ތިން ފިރިހެނަކާއި އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހުއްޓުވަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ކަމަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށްފި
ދިރިއުޅެން އެކަށީގެން ނުވާ ތަނެއްގައި 100 ބިދޭސީން!
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
އިމިގްރޭޝަންގެ ނަމުގައި ގެއަކަށް ވަދެ ފޭރިއްޖެ
ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން އޮޕަރޭޝަނެއް ފަށައިފި
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި
މާރާމާރީ ހިންގި ހަ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްލަނީ