Roadha Mihaaru
ޓްރީޓޮޕުން އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް

ޓްރީޓޮޕުން، އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ފުރަތަމަ ފަހަރަށް ކޮށްފި

25 އޮކްޓޯބަރ 2019

ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލް ގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލް ގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ، މިިދިޔަ އާދިއްތަ ދުވަހު އެ އޮޕަރޭޝަން ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށެވެ. އޭނާ އަކީ ރާއްޖެ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށާއި އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

އޮޕަރޭޝަން ކޮށްފައި ވަނީ ކަށީގެ އޮޕަރޭޝަންގެ ހާއްސަ ޑޮކްޓަރުން، ކަމަށްވާ ޑރ. ކަންނިރާޖް މަރިމުތު، އާއި ޑރ. ޑޭވިޑް މޮންޓިނެގްރޯ އަދި ޑރ. ހުސައިން ފައިސަލް އެވެ. މި ބޭފުޅުންގެ އިތުރުން ދެން ހަރަކާތްތެރިވީ ހޭނައްތާ ޑރ. ވޮރަން ކަބަލާ އާއި ނަރުހުންގެ ޓީމެކެވެ.

އާސަންދައިގެ ދަށުން ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ. އެ ހޮސްޕިޓަލުން ބުނިގޮތުގައި އޮޕަރޭޝަން ކުރުމުގައި ޑޮކްޓަރުން ބޭނުން ކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކެވެ.