Roadha Mihaaru
ކަޝްމީރުގެ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފި

ކަޝްމީރުގެ އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފި

03 އޮކްޓޯބަރ 2016

ސްރީނަގަރު (އޮކްޓޯބަރު 3) - ކަޝްމީރުގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ހަނގުރާމަވެރިން ހަމަލާތަކެއްދީ ސިފައިންގެ މީހަކު މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސްރީނަގަރު (އޮކްޓޯބަރު 3) - ކަޝްމީރުގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ހަނގުރާމަވެރިން ހަމަލާތަކެއްދީ ސިފައިންގެ މީހަކު މަރާލައިފި އެވެ.

ކަޝްމީރުގެ މައި ރަށް ސްރީނަގަރުގެ ހުޅަނގު އުތުރުން 30 މޭލު ދުރުގައިވާ ބަރަމުއްލާގެ މަރުކަޒަށް ދިން ހަމަލާގެ ރައްދުގައި އިންޑިއާ ސިފައިން ވެސް ވަނީ ހަމަލާދީފަ އެވެ. އަސްކަރީ މަރުކަޒަށް ހަމަލާދީފައި މި ވަނީ ކަޝްމީރުގެ ސަރަހައްދީ ރޮނގު ކައިރީ ހަނގުރާމަވެރިންނާ ދެކޮޅަށް އިންޑިއާ ސިފައިން އޮޕަރޭޝަނެއް ފެށިތާ ތިން ދުވަސް ފަހުންނެވެ.

އިންޑިއާ ސިފައިން މިއަދު ހެނދުނު ވަނީ ކަޝްމީރުގެ މަރުކަޒަށް ހަމަލާ ދިން މީހުން ހޯދަން ފަށައިފަ އެވެ. އެއްވެސް ހަނގުރާމަވެރިއަކު ހައްޔަރުކުރި ކަމަށް އިންޑިއާ ސިފައިން ބުނެފައެއް ނުވެ އެވެ.

ކަޝްމީރުގެ މަޝްރަހު ހޫނުވެފައި ވަނީ އޫރީގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް މިދިޔަ މަހު 18 ގައި ހަމަލާދީ ސިފައިންގެ 18 މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. މި ހަމަލާ އަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާ އިން މަސައްކަތް ކުރަމުންދަނީ ކަޝްމީރުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފޮރުވަން ކަމަށެވެ.

ކަޝްމީރުގައި ވޭތުވެދިޔަ ދެ މަސް ދުވަހު ހިންގަމުންދާ ހަމަނުޖެހުންތަކުގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.