Roadha Mihaaru
ބަޣުދާދީ: އެތައް ފަހަރަކު މަރުވެއްޖެ!

ބަޣުދާދީ: އެތައް ފަހަރަކު މަރުވެއްޖެ!

28 އޮކްޓޯބަރ 2019

ބަޣުދާދު (އޮކްޓޯބަރު 28) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ މަރުވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު އިއުލާން ކުރެއްވުމުގެ ކުރިން ވެސް ބަޣުދާދީ މަރުވި ކަމަށް އެތައް ފަހަރަކު ވަނީ އިއުލާންކޮށްފަ އެވެ. ޓްރަމްޕް ވިދާޅުވީ މަރާލާފައި ވަނީ ބަޣުދާދީކަން ޑީއެންއޭ ޓެސްޓްތަކުން މި ފަހަރު ޔަގީންކޮށްފައިވާ ކަމަށެވެ. ތިރީގައި އެ ވަނީ ޖޫން 2014 ގައި އައިއެސްގެ ޚިލާފަތު އިރާގުގެ މޫސަލްގެ ނޫރީ މިސްކިތުގައި އިއުލާން ކުރި ފަހުން ބަޣުދާދީ މަރުވި ކަމަށް އާއްމުކުރި ތާރީޚުތަކެވެ.

ހަސަން އާމިރު ހަސަން އާމިރު

* ނޮވެމްބަރު 2014: އިރާގުގެ މޫސަލްގައި އައިއެސްގެ ލީޑަރުންގެ ރެލީއަކަށް ދިން ވައިގެ ހަމަލާތަކެއްގައި ބަޣުދާދީ ވަރަށް ބޮޑަށް ޒަޚަމްވެ މަރުވި ކަމަށް އަޑުފެތުރިފައިވޭ. އެކަމަކު އެ ފަހަރު އެކަން ޕެންޓަގަނުން ޔަގީންކޮށްދީފައެއް ނުވޭ.

* ނޮވެމްބަރު 13: ބަޣުދާދީ މަރުވި ކަމަށް ބުނާ ރިޕޯޓްތައް ދޮގު ކުރުމުގެ ގޮތުން ބަޣުދާދީގެ އަޑުން އައިއެސް އިން ވަނީ އޯޑިއޯއެއް ނެރެފައި.

* އޮކްޓޯބަރު 2015: ސީރިއާގެ ބޯޑަރު ކައިރިން ބަޣުދާދީއާ އެކު ދަތުރުކުރި ފައުޖަކަށް ވައިގެ ހަމަލާ ދިން ކަމަށް އިރާގު ސިފައިން ބުނި. ނަމަވެސް ބަޣުދާދީ އަށް ވީގޮތެއް ނޭނގޭ ކަމަށް ބުނި. ސަލާމަތީ އޮފިޝަލުން ބުނި ގޮތުގައި އެ ފަހަރު ބަޣުދާދީ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް. އެކަމަކު ޑިސެމްބަރު 26 ވަނަ ދުވަހު އައިއެސް އިން ވަނީ ބަޣުދާދީގެ އަޑު ކަމަށް ބުނާ އޯޑިއޯ ރެކޯޑިންއެއް ނެރެފައި.

* ޖޫން 16، 2017: ސީރިއާގައި އައިއެސްގެ ލީޑަރުންނަށް ދިން ވައިގެ ހަމަލާއެއްގައި ބަޣުދާދީ މަރުވި ކަން ޔަގީން ކުރަމުންދާ ކަމަށް ރަޝިޔާ އިން ބުނި. އެކަމަކު ބަޣުދާދީގެ ބޮލަށް 25 މިލިއަން ޑޮލަރު ހުށަހަޅާފައިވާ އެމެރިކާ އިން އެ ޚަބަރު ޔަގީންކޮށްފައެއް ނުވޭ.

* ޖުލައި 2017: ސީރިއާގެ އިރުމަތީގެ ދައިރުއް ޒޫރުގައި ބަޣުދާދީ މަރުވެފައިވާ ކަމަށް އައިއެެސްގެ ލީޑަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި.

* އޮގަސްޓް 31، 2017: ބަޣުދާދީ މަރުނުވާ ކަމަށާއި އިރާގުގެ ފުރާތު ކޯރުގެ އައްސޭރީގެ ސަރަހައްދެއްގައި އޭނާ ދިރިއުޅެމުންދާ ކަމަށް އެމެރިކާ ސިފައިންގެ ޖެނެރަލަކު ވިދާޅުވި.

މެއި 2019: ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅޭ ގޮތުން ބަޣުދާދީގެ ވީޑިއޯއެއް އައިއެސް އިން ނެރުނު. އެއީ ފަސް އަހަރު ތެރޭ ބަޣުދާދީ ފެނުނު ފުރަތަމަ ފަހަރު.