01 ނޮވެމްބަރ 2019
ވޮޝިންޓަން (ނޮވެމްބަރު 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ އެންމެ ފަހުން ދިރިއުޅުނު ކަމްޕައުންޑަށް އެމެރިކާގެ ކޮމާންޑޯ އިން ވަދެފައި ވަނީ ކޮންމެވެސް ފަރާތުން ދިން ޖާސޫސީ މައުލޫމާތުގެ އަލީގަ އެވެ.
ވޮޝިންޓަން (ނޮވެމްބަރު 1) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީ އެންމެ ފަހުން ދިރިއުޅުނު ކަމްޕައުންޑަށް އެމެރިކާގެ ކޮމާންޑޯ އިން ވަދެފައި ވަނީ ކޮންމެވެސް ފަރާތުން ދިން ޖާސޫސީ މައުލޫމާތުގެ އަލީގަ އެވެ.
އެމެރިކާ އާއި މެދުއިރުމަތީގެ ބައެއް އޮފިޝަލުން ބުނެފައިވާ ގޮތުގައި ބަޣުދާދީއާ ބެހޭ ތަފްސީލް މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދީފައި ވަނީ ބަޣުދާދީއާ ވަރަށް ގާތްކޮށް އުޅުނު މީހެކެވެ. އޭނާ ވަނީ ބަޣުދާދީ ސީރިއާގައި ދިރިއުޅުނު ގެ އާއި ބަޣުދާދީ ދެން ބަދަލުވާން އިމާރާތް ކުރަމުން ދިޔަ ގޭގެ މައުލޫމާތު އެމެރިކާގެ ޖާސޫސީ އިދާރާއަށް ފޯރުކޮށްދީފަ އެވެ.
ބަޣުދާދީ ހުރި ކަމްޕައުންޑާ ދިމާލާ އެމެރިކާގެ ކޮމާންޑޯ އިން ދަނީ. --ފޮޓޯ:އޭއެފްޕީ
ބަޣުދާދީ ދިރިއުޅުނު ގޭގެ އެހާ ތަފްސީލް މައުލޫމާތު ލިބުމުން އެމެރިކާގެ ސްޕެޝަލް ފޯސަސްގެ ކޮމާންޑޯ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ގެއަށް ހަމަލާދީ ބަޣުދާދީގެ ކަންތައް ނިންމާލައިފަ އެވެ. ވަރުގަދަ ތަމްރީނުތަކެއް ހަދާފައިވާ އެމެރިކާ ސިފައިންގެ އެންގުމަށް އަމާން ނުދީ ބަޣުދާދީ ފިލަން ވަނީ އެ ގޭގެ ބިންގަރާސް މަގަށެވެ. އެކަމަކު އެ މަގުގެ ކޮޅު ބެދިފައިވާކަން ވެސް އެމެރިކާ ސިފައިންނަށް އެނގެ އެވެ. ބަޣުދާދީ އަށް ގޮތް ހުސްވުމުން އެމެރިކާ ސިފައިންގެ އަތުނުވަން އޭނާ ވަނީ ގައިގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެން މަރުވެފަ އެވެ. ބަޣުދާދީއާ އެކު ވަނީ އޭނާގެ ދެ ދަރިން ވެސް މަރުވެފަ އެވެ.
ބަޣުދާދީ ހުރި ކަމްޕައުންޑް އެމެރިކާގެ ކޮމާންޑޯ އިން ގޮއްވާލަނީ. --ފޮޓޯ:އޭއެފްޕީ
ބަޣުދާދީގެ ގެއަށް އެމެރިކާ ސިފައިންގެ އެލީޓް ޑެލްޓާ ފޯހުން ހަމަލާ ދިން އިރު، ބަޣުދާދީއާ ގުޅޭ މައުލޫމާތު ދިން މީހާ އެ ސަރަހައްދުގައި ހުރި ކަމަށްވެ އެވެ. އޭނާ އާއި އޭނާގެ އާއިލާ އެ ސަރަހައްދުން ގެންދިޔައީ ހަމަލާ ދިންތާ ދެ ދުވަސް ފަހުން ކަމަށްވެ އެވެ. އެއީ ކޮންމެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އެމެރިކާ އިން ހާމައެއް ނުކުރެ އެވެ. އެކަމަކު ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ކަނޑައެޅި 25 މިލިއަން ޑޮލަރު އެ މީހާ އަށް ދޭނެ ކަމަށްވެ އެވެ.
ބަޣުދާދީ ހުރި ކަމްޕައުންޑް ހަމަލާގެ ކުރިންނާއި ފަހުން. --ފޮޓޯ:އޭއެފްޕީ
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހަކީ ސުންނީ އަރަތްބެކެވެ. އޭނާ އައިއެސްއާ ދެކޮޅުވީ އޭނާގެ އާއިލާ އައިއެސްގެ ހަމަލާތަކުގައި މަރާލާފައިވާތީ ކަމަށް ވެސް ވެ އެވެ.
ކުރުދީ ޖަމާއަތް، ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ ލީޑަރު ޖެނެރަލް މަޒްލޫމް އަބްދީ އެންބީސީ އަށް ބުނެފައި ވަނީ ބަޣުދާދީއާ ބެހޭ މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދިނީ އެ ޖަމާއަތުގެ މީހެއް ކަމަށެވެ.
ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ.
ބަޣުދާދީގެ އަންހެނުންގެ ފަރާތުން ގިނަ މައުލޫމާތު ލިބުނު
ބަޣުދާދީގެ އަންހެނުން ހައްޔަރުކޮށްފިން: ތުރުކީ
ބަޣުދާދީގެ ދައްތަ ސީރިއާ އިން ހައްޔަރުކޮށްފި
"ބަޣުދާދީ މަރުވެއްޖެ، އާ ލީޑަރަކު ހަމަޖައްސައިިފިން"
ބަޣުދާދީ މަރާލަން ހަމަލާދޭ ވީޑިއޯ އާއްމުކޮށްފި
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
ބަޣުދާދީގެ ހަށިގަނޑުގެ ބައިތައް ކަނޑު ފައްތައިފި
ބަޣުދާދީ މަރާލަން ދިން ހަމަލާގައި ދެމީހަކު ހައްޔަރުކުރި
ބަޣުދާދީ: އެތައް ފަހަރަކު މަރުވެއްޖެ!
ބަޣުދާދީ ހުރި ތަނާ ބެހޭ މައުލޫމާތު ދިނީ އިރާގުން