Roadha Mihaaru
ރިޑްލީ ސްކޮޓްގެ ގުޗީ ފިލްމަށް ލޭޑީ ގާގާ

ރިޑްލީ ސްކޮޓްގެ ގުޗީ ފިލްމަށް ލޭޑީ ގާގާ

04 ނޮވެމްބަރ 2019

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ގުޗީ އާއިލާގެ ތެރޭގައި ހިނގި ގަތުލެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ރިޑްލީ ސްކޮޓް ހަދާ ފިލްމަކަށް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ގުޗީ އާއިލާގެ ތެރޭގައި ހިނގި ގަތުލެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ރިޑްލީ ސްކޮޓް ހަދާ ފިލްމަކަށް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނިގޮތުގައި މިދިޔަ އަހަރުގެ "އަ ސްޓާ އިޒް ބޯން" އިން މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ނޮމިނޭޓް ވި ގާގާ، ކުޅޭނީ މައުރީޒިއޯ ގުޗީގެ ކުރީގެ އަންހެނުން ޕެޓްރީޒިއާ ރެޖާނީގެ ރޯލެވެ.

ބްލެކް ވިޑޯގެ ނަމުން ފަހުން މަޝްްހޫރުވި ރެޖާނީއަކީ 1995 ގައި ފިރިމީހާ މަރާލިކަމުގެ ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކުރި މީހެކެވެ. އޭނާ މިނިވަންވީ 2016 ގަ އެވެ.

އަދި ނަން އިއުލާންނުކުރާ ރިޑްލީގެ ފިލްމުގެ ވާހަކަ ބިނާކުރަނީ ސާރާ ގޭ ފޯޑެން ލިޔެފައިވާ "ދަ ހައުސް އޮފް ގުޗީ: އަ ސެންސޭޝަނަލް ސްޓޯރީ އޮފް މާޑާ، މޭޑްނެސް، ގްލެމާ އެންޑް ގްރީޑް" އަށެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ރޮބާޓޯ ބެންޓިވެގްނާ އެވެ.

ފިލްމުގެ އިތުރު ކާސްޓުންނާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"ގްލޭޑިއޭޓާ" އާއި "ބްލެކް ހޯކް ޑައުން" ގެ އިތުރުން "މާޝަން' ފަދަ މޮޅެތި ފިލްމުތައް ގެނެސްދިން ރިޑްލީ، 81، އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ގެ "އޯލް ދަ މަނީ އިން ދަ ވޯލްޑް" އެވެ.