ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ "ކިޑްސް ރައިޓްސް" އިން ދޭ ސުލްހައިގެ އިނާމަަށް ދިވެހި ކުއްޖަކު ނޮމިނޭޓްވެއްޖެ އެވެ.
26 ސެޕްޓެމްބަރ 2016
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ "ކިޑްސް ރައިޓްސް" އިން ދޭ ސުލްހައިގެ އިނާމަަށް ދިވެހި ކުއްޖަކު ނޮމިނޭޓްވެއްޖެ އެވެ.
"ޗިލްޑްރަންސް ޕީސް ޕްރައިޒް"ގެ ނަމުގައި ދޭ އެވޯޑަށް ނަން ހުށަހަޅާފައި ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ)ގެ ފައުންޑަރު މުހައްމަދު ރައިޝަން 15، އެވެ.
އެމްއޭޕީޑީން އޭނާގެ ނަން ހުށަހެޅީ ތައުލީމް، ބުލީކުރުމާ ދެކޮޅަށް މަސައްކަތްކުރުން އަދި ނުކުޅެދުންތެރިކަމާ ބެހޭ ބައިންނެވެ.
ކަލާފާނު ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ރައިޝާނަކީ ޕްރިފެކްޓެކެވެ. އޭނާ އަންނަނީ ނުކުޅެދުންތެރިކަމާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މައިބަދައިގެ މައްސަލަތަކެއް ހުރުމުގެ ސަބަބުން ރައިޝާނަށް މަސައްކަތް ކުރެވެނީ އެހެން މީހުންގެ އެހީތެރިކަމާ އެކުގަ އެވެ.
ރައިޝާންގެ ސްކޫލުގައި އިއްޔެ ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ވަނީ ސުލްހައިގެ އިނާމު ހޯދުމަށް އޭނާގެ ކެމްޕެއިން ލޯންޗުކޮށްފަ އެވެ.
ސުލްހައިގެ އިނާމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން 120 ދަރިވަރުން މި އަހަރު ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގަދަ ތިން ދަރިވަރުން އަންނަ ނޮވެމްބަރު 15 ގައި އިއުލާން ކުރުމަށް ފަހު، އިނާމު ލިބޭ ކުއްޖަކު ހޮވާނީ އަންނަ ޑިސެމްބަރު ދެވަނަ ދުވަހު ނެދަލެންޑްސްގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
އެވޯޑު ދެނީ ލިބޭ ވޯޓަށް ބަލައިގެންނެވެ. އެ ގޮތުން، ރައިޝާނާ ބެހޭ ގޮތުން ކިޑްސް ރައިޓްސްގެ ވެބްްސައިޓުގައި ލިޔެފައިވާ އާޓިކަލް ޓްވިޓާ އާއި ފޭސްބުކްގައި ޝެއާ ކުރުމުން ވޯޓުގައި ބައިވެރިވެވުނީ އެވެ.
Kids Rights English > What we do > International Childrens Peace Prize nominees > Mohamed
Kids Rights English
ރައިޝާނާ ބެހޭ ގޮތުން ކިޑްސް ރައިޓްސްގެ ވެބްްސައިޓުގައި ލިޔެފައިވާ އާޓިކަލް.
ސުލްހައިގެ އިނާމު ލިބޭ ކުއްޖަކަށް ކިޔެވުމާއި ދަތުރުފަތުރުގެ ހަރަދު ހިލޭ ހަމަޖައްސައިދޭނެ އެވެ. ނޮބެލް ޕީސް ޕްރައިޒް ލިބިފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއި އަށް ވެސް ވަނީ މި އިނާމު ލިބިފަ އެވެ.
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ކުއްލިއަކަށް ބީރުވި އާރާއަށް އޮތީ އުއްމީދެއް!
ކަލާފާނުގައި މާރާމާރީ ހިންގައި ކުއްޖަކު ޒަހަމްކޮށްލައިފި
ހާއްސަ އެހީ ބޭނުންވާ މީހުންނަށް ސެންޓަރެއް ހަދަނީ
މާމަދަރިންގެ ފޮޓޯތައް ޑިލީޓްކުރަން ކޯޓަކުން އަމުރުކޮށްފި
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ކައްކާ ޝޯތަކުން ކުދިންގެ ސިއްހަތަށް ހެޔޮ އަސަރުކުރޭ
9 އަހަރުގެ ކުއްޖާގެ ގްރެޖުއޭޝަން ލަސްވާތީ ގެޔަށް
ތެރަޕީ ނުލިބިގެން ޝަކުވާތައް ފުނިޖެހިފައި
ރައިޝާންގެ ކާމިޔާބާ އެކު ކަލާފާނަށް ބޮޑު އުފަލެއް