މެރިއެޓް އިންޓަނޭޝަލްގެ "ޖޭޑަބްލިއު މެރިއެޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.
02 ނޮވެމްބަރ 2019
މެރިއެޓް އިންޓަނޭޝަލްގެ "ޖޭޑަބްލިއު މެރިއެޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.
ށ. ވަގަރުގައި ހުޅުވި މި ރިސޯޓުގައި 2،520 އަކަ ފޫޓުގެ 60 ވިލާ ހިމެނެ އެވެ. ބޮޑެތި އާއިލާތަކަށް އެކުގައި އުޅެވޭނެހެން ޑިޒައިންކޮށްފައިވާ މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލެއް އޮވެ އެވެ. އަދި ވަކިވަކި ކޮޓަރިތަކާއި ލައުންޖްތައް ވެސް ހުރެ އެވެ.
ޖޭޑަބްލިއުގެ ވިލާއެއް: މި ވިލާތައް ހަދާފައިވަނީ ދޯނީގެ ޑިޒައިނަށް-- ފޮޓޯ މެރިއެޓް އިންޓަނޭޝަނަލް
އެމެރިކާގެ ކުންފުންޏަކުން ހިންގާ މެރިއެޓް ރިސޯޓުގެ ހުރިހާ ވިލާއެއްވެސް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ގޮތަކަށެވެ. މަތިން ބަލާލުމުން ބައެއް ވިލާތައް ފެންނަނީ ދޯންޏެއްގެ ސިފައިގަ އެވެ. ބައެއް ވިލާތަކުން މާކަނައެއް ސިފަވެ އެވެ.
މި ރިސޯޓުގައި ވޯޓާ ޖިމެއްގެ އިތުރުން އޯޕަން އެއާ ޕެވީލިއަން އަކާއި މެރިއެޓްގެ ހާއްސަ ސްޕާއެއް ވެސް ހުރެ އެވެ. މި ސްޕާއިން ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ޓްރީޓްމެންޓުތައް ލިބެން ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ.
އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވަނީ
ޓޫރިޒަމްގެ ސިޔާސަތާ މެދު އަލުން ވިސްނަންޖެހޭ!
ދުނިޔޭގެ ބެސްޓް ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް
ސޮނެވާގެ މޭސްތިރިން އާ ހޮޓެލް ބްރޭންޑެއް ތައާރަފްކުރަނީ
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
މިލިއަނެއްހާ ޑޮލަރަށް މުޅި ރިސޯޓް ބުކްކޮށްލެވިދާނެ
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް