ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕީޕީއެމް އިން އެ ޕާޓީގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުން ފެށުމާ އެކު ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޕީޕީއެމް އިން އެ ޕާޓީގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުން ފެށުމާ އެކު ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޕީޕީއެމުން ބުނި ގޮތުގައި ކައުންސިލް ތިން މެންބަރަކާއި، މިރޭގެ އެއްވުމުގައި ބައިވެރިވި ޑީއާރްޕީގެ ރެޖިސްޓްރާ އަދި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ޕީޕީއެމް އޮފީސް ކުރިމަތީ "ބަޑި ބުރާސްފަތި" ނަމުގައި އެއްވުން ބޭއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން އެ ޕާޓީން ކާނިވަލުގައި ބާއްވަން އުޅުނު އެއްވުމަށް އެ ތަން ނުލިބުމުން ކަމަށް ކުރިން ވަނީ ބުނެފަ އެވެ. އަދި ފުލުހުން ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.
ނޮވެމްބަރު 3، 1988 ގައި ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހިންގެ ބަޔަކު ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިން އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހު ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ނުދިނީ ނަސްރުގެ ދުވަސް ފާހަގަކުރަން މި ސަރުކާރުން ބޭނުން ނުވާތީ ކަމަށް ޕީޕީއެމް/ޕީއެންސީ އިން ވަނީ ބުނެފަ އެވެ.
ޕީޕީއެމުން އެ ޕާޓީގެ އޮފީސް ކުރިމަތީ ބޭއްވި އެއްވުން ކޮންޓްރޯލް ކުރަން ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު
ޕީޕީއެމް ކުރިމަތީ އެއްވުން ފެށުމުގެ ކުރިން ފުލުހުން ގޮސް، ޕޭވްމަންޓް މައްޗަށް މީހުން އަރުވައި މަގުމަތީގައި މީހުން ތިބުން މަނާކުރި އެވެ. އެ އެންގުމާ ހިލާފުވެ ފުލުހުންގެ އަމުރަށް ނުކުރިމަންތެރިކަން ދެއްކި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަން ފެނުނެވެ.
އޭގެ ފަހުން އެއްވުން ކުރިއަށް ގެންދިޔައީ ޕީޕީއެމް އޮފީސް ކުރިމަތީގައި ސްޕީކަރު ބަހައްޓައި ވާހަކަ ދައްކަމުން ދިޔައިރު މަގުގެ އަނެއް ފަޅިން އާޓިފިޝަލް ބީޗު ފަޅީގައި މީހުން އިށީނދެ ތިބެގެންނެވެ. ދުވަހާ ގުޅޭ ބައެއް ލިޔުންތަކާއި އިސްލާމް ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ލިޔެފައިވާ ލިޔުންތައް އެއްވުމުގެ ބައިވެރިން ގެންގުޅުނެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ.
"ސަރުކާރަށް ނަސްރުގެ ދުވަސް ފާހަގަކުރާކަށް ނުކެރޭ"
ލުތުފީއާ މެދު އަމަލުކުރާ ގޮތެއް ސާފުވާން ޖެހޭ: އަދުރޭ
ލުތުފީ ގެންނަން 2.7 މިލިއަން ދައްކަންޖެހޭ: ޕީޕީއެމް
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ތޯރިގު އަނެއްކާވެސް ޕީޕީއެމް ޕޯޑިއަމަށް!
ނަޝީދާ އެކު އުޅެން މައުމޫން ލަދު ގަންނަން ޖެހޭ:ނިހާން
މި ފަހަރުގެ ނަސްރުގެ ދުވަސް ތާރީހުން ޖާގަ ހޯދައިފި
"ކުއްލި ނުރައްކަލަށް ދިވެހިން ތިބެން ޖެހޭނީ ހޭލާ"
މައުމޫނާއި ނަސްރީނާ ނޮވެމްބަރު 3 ގެ ހަނދާންތަކާ އެކު
ޖަލީލްގެ ޑައިރީން: ދުޝްމަނުންގެ ކުރިމައްޗަށް އެރި ގޮތް