31 އޮކްޓޯބަރ 2019
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތް ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ފާޑު ކިޔައިފި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ހިތްވަރު ސަރުކާރުގައި ނެތް ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ފާޑު ކިޔައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ފާޑުކީ ނޮވެމްބަރު 3، 1988 ގައި ސްރީ ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހިންގެ ބަޔަކު ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިން އުދުވާނީ ހަމަލާގައި ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހު ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ނުދިން ކަމަށް ބުނެ އެވެ.
ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދީ އެކަމާ ދެކޮޅަށް ކުރާ ހުރިހާ ކަމެއް ކަޑައްތުކުރާނެ ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓާގުޅިގެން ސަރުކާރުގެ ނަގޫފިތިފައި ކަމަށެވެ. އަދި ސަރުކާރު ތެރޭގައި އޮތީ ހުސް ވައްކަން ކަމަށް ވިދާޅުވި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވާ ޖަލްސާއަކަށް ކާނިވާ ސަރަހައްދު ހޯދަން އެދުމުން، އެ ދުވަހަށް އެތަން ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އެންގީ މިއަދު ކަމަށް ޝުޖާއު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ކާނިވާ ސަރަހައްދު ނުދިނަސް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުން އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު އައީ އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ ވައުދާއެކު ކަމަށެވެ. އެކަމަކު ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅަށް ފުރުސަތު ނުދިނުން ލަދުވެތި ކަމަށް ވިދާޅުވި އެވެ.
"މި ޕާޓީއާ މި ކޯލިޝަން ދެމިއޮތްހާ ދުވަހަކު އެ ބޭފުޅުން ޒިކުރާ އާކޮށް އަދި މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރާނަން. އަޅުގަނޑުމެން ސަރުކާގައި ވެސް ދިޔައީ ނޮވެމްބަރު ތިނެއް ކުލަގަދަ ގޮތެއްގައި ނަސްރުގެ ދުވަސް ފާހަގަކުރަމުން އަދި މިއަދު އިދިކޮޅުގައި ތިބިގެން ވެސް ބޭނުންވޭ އެ ގައުމީ އަބްތާލުންގެ ޒިކުރާ އާކުރަން،" ޝުޖާއު ވިދާޅުވި އެވެ.
"އެހެންވީމަ މި ސަރުކާރު މި އޮތީ ބޮޑުތަނުން ފެއިލްވެފައި. މި ސަރުކާރުގައި ވައްކަން ނޫން ކަމެއް ނުހިނގާ. މި ހުރިހާ ކަމެއް ފޮރުވުމަށްޓަކައި އަޅުގަނޑުމެން ކުރާ ހުރިހާ ހަރަކާތެއް ހުއްޓުވަމުންދާ މަންޒަރު ފެނިގެންދަނީ،"
ޝުޖާއު ވިދާޅުވީ ފުލުހުންނާއި ސިފައިން ވެފައި ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެކަމަކު އެ ދުވަސް ފާހަގަކުރުމުގެ ހިތްވަރު މި ސަރުކާރުގައި ނެތް ކަމަށެވެ.
ލުތުފީ ގެންނަން 2.7 މިލިއަން ދައްކަންޖެހޭ: ޕީޕީއެމް
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ހާލަތު ގޯސްވާތީ ޕީޕީއެމުން މުޒަހަރާ ނުފަށަން ނިންމައިފި
މުސާރައާ އެކު ވަޒީފާ އިޔާދަކުރަން ޕީއެންސީން ދަފްތަރެއް
ޕީއެންސީގެ ރައީސަކީ އަދުރޭ، 4 ނައިބުން ހޮވައިފި
ނަޝީދާ އެކު އުޅެން މައުމޫން ލަދު ގަންނަން ޖެހޭ:ނިހާން
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!