07 ނޮވެމްބަރ 2019
ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭނާ އަށް ފާޑު ވިދާޅުވަނީ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވޯޓު ނުދެއްވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭނާ އަށް ފާޑު ވިދާޅުވަނީ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ވޯޓު ނުދެއްވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިގާލީ އިންސާފުގެ ބިލަށް މަޖިލިހުގައި އިއްޔެ ބަހުސް ކުރައްވަމުން ޖާބިރު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރައީސާއި ރޮޒެއިނާ ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ވީހާ ވެސް އަވަހަށް ތަހުގީގު ކުރުމަށް އެދިވަޑައިގެންފަ އެވެ. ޖާބިރު ވިދާޅުވި ގޮތުގައި ރޮޒެއިނާ ވަނީ ހިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން ގެސްޓްހައުސެއް އަޅުއްވައިފަ އެވެ.
އެކަމަކު، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފަ އެވެ.
މަޖިލިހުގެ ޖަލްސާއެއްގައި ޖާބިރު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
ރޮޒެއިނާ ވިދާޅުވީ ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުވެފައި ވަނީ އެންމެ ފަހަރަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެފަހަރު ވެސް މަޝްވަރާ ކުރެއްވީ މަޖިލިހަށް ހުށަހެޅި ބިލަކާ ބެހޭ ގޮތުން ތާއީދު ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ނޫން ގޮތަކަށް އަދީބާ އަޅުގަނޑާ ނޯންނާނެ އެއްވެސް އިރެއްގައި ވާހަކަ ދައްކާފައި. ފޯނަކުން ނޫނީ އެހެން ގޮތަކަށް ވެސް އަދީބަކާ ވާހަކައެއް ނުދައްކަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާ އަށް ދެކެ ޖާބިރު ރުޅި އަންނަނީ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު، ސުޕްރީމް ކޯޓަށް އައްޔަން ނުކޮށް "ކަޓުވާލަން" އުޅުނު ކަމަށް ބުނެ އެވެ. އެކަމަކު، އޭގައި ވެސް ހަގީގަތެއް ނެތް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެއް ދުވަހު ސައި ކޮޓަރިއެއް ވަން ތަނުން ޖާބިރު ވިދާޅުވީ، ދިޔާނާ ކަޓުވާލަން މަސައްކަތް ކުރަނީ އަޅުގަނޑު ކަމަށް. ދިޔާނާ އަށް ވޯޓު ނުލުމަށް އަޅުގަނޑާއި އަލީ އާޒިމް (މެދުހެންވޭރު ދާއިރާގެ މެމްބަރު) މެމްބަރުންނަށް ގުޅައިގެން މަސައްކަތް ކުރީ ކަމަށް ވިދާޅުވީ. އެކަމަކު އަޅުގަނޑުމެން ނޯންނާނެ ވަކި ބޭފުޅަކު ހޮވުމަށް ނޫނީ ތާއީދު ހޯދަން މަސައްކަތްކޮށްފައެއް،" ރޮޒެއިނާ ވިދާޅުވި އެވެ.
އިދިކޮޅު އެއްވުމެއްގައި، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވާހަކަ ދައްކަވަނީ.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ރައީސް މަޖިލިހަށް ފޮނުއްވީ ދިޔާނާގެ ނަމާއި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ ނަމެވެ. އަދި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެ ކުރިން، މަހާޒަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމި އެވެ.
އެކަމަކު ދިޔާނާ ކަޓުވާން ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ދިޔާނާ ކަޓައިގެން ދިޔައީ ޖާބިރު އުޅުއްވި "ވައްތަރުން" ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ޖާބިރު ސަރުކާރަށް ދައްކަން ޖެހޭ އެތައް ފައިސާ އެއް އެބަހުރި ކަމަށެވެ. އެހެންވެ، އެ ފައިސާ ދެއްކެވިއްޔާ މާ "ތާހިރު" ވާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދިޔާނާ އައްޔަން ކުރަން މަޖިލިހުން ރުހުން ނުދިން މައްސަލައިގައި ޖާބިރު ކުރިން ވިދާޅުވީ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖެހޭނީ ފުރަތަމަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ފޮނުވައިގެން ނޫން ކަމަށެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މަހާޒަށް ރުހުން ދޭން އެމްޑީޕީން ވިޕެއް ނެރުނީ ފަނޑިޔާރުގެ ތެރެއަށް އެމްޑީޕީން އަތް ބޭނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު ހިޔާނާތް ހަ ބިލިއަން ރުފިޔާއަށް އަރާނެ: އިލްޔާސް
ނާޝިޒާއި ޖާބިރު، އެކަކު އަނެކަކަށް ނުގޮވާ އެއްޗެއްނެތް
ހިޔާނާތުގެ ފައިސާ ރޮޒައިނާ އަށް ލިބުނު: ޖާބިރު
ބިޝާމްގެ މަގާމު ދަމަހައްޓަނީ ނަޝީދު ކަމުގެ ތުހުމަތު!
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ހިޔާނާތުގެ ލިސްޓު ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
ހިޔާނާތުގެ ތަހުގީގުގައި އެންމެންގެ މައްސަލަތައް ބަލާނެ
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް