12 ނޮވެމްބަރ 2019
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި މައްސަލައިގައި އޭނާ އާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި ދެމެދު ހޫނު ޒުވާބެއް މިއަދު ހިނގައިފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި މައްސަލައިގައި އޭނާ އާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި ދެމެދު ހޫނު ޒުވާބެއް މިއަދު ހިނގައިފި އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ސަރުކާރުން މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ރައީސަށާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޖާބިރު ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލިހަށް ބޮޑު ބަޖެޓެއް ހުށަހެޅީ ގާތް މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ބެހުމުގެ ބޭނުމުގަ އެވެ.
ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި ކުރީގެ ދެ ސަރުކާރަކުން ނޫމަޑިއާ އެކު، ހެދި ދެ އެއްބަސްވުމެއް ބާތިލް ކުރުމުން، ކޯޓުން ބޭރުން މި ސަރުކާރުން ބަދަލެއްގެ ގޮތުން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ދިން މައްސަލައިގައި އަމީރު ވެސް އޭގެ ތެރެއިން ބައެއް ވަނީ ހޯއްދަވައިފަ އެވެ.
ޖާބިރު އެގޮތަށް ވާހަކަ ދެއްކެވީ އަމީރު މަޖިލިހުގައި އިންނެވި ވަގުތެއްގަ އެވެ. އެކަމަކު، އެކަމާ ބެހޭ ގޮތުން އަމީރު އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާތަނަށް ދެ ބިލިއަން ޑޮލަރުގެ ވައްކަން ކޮށްފި އެވެ.
"ޒީރޯ ޓޮލެރަންސް" ވިދާޅުވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި އެމަނިކުފާނަކީ ވައްކަން ކުރެއްވުމާއި މަކަރާ ހީލަތް ހެއްދެވުމާއި ވެރިކަން ފޭރިގަތުމުން "ޕީއެޗްޑީ" ހައްދަވާފައި ހުރި ބޭފުޅެއް ކަމަށް ޖާބިރު ވިދާޅުވި އެވެ. މަޖިލިހުގައި ތިއްބެވި މެމްބަރުންނަށް ރައީސް ރިޝްވަތު ދެއްވާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން ނާޝިޒު، ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ މަޖިލިހުގައި "ޑޯޕް ޓެސްޓް" ހެދޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށެވެ. ޑޯޕް ޓެސްޓަކީ ޓެސްޓް ކުރާ މީހެއްގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރިތޯ ބަލަން ހަދާ ޓެސްޓެކެވެ.
"މިތަނަށް އައިސް، ފާޑުފާޑުގެ ގަރާރުތައް ހުށަހަޅައިގެން ރާއްޖެ އިން ރާ ވިއްކުން މަނާ ކުރަން (އުޅުނު އިރު) މިތަނަށް މިކަހަލަ މީހުން އައިސް ބޮއެގެން ތިބެ ވަނުން މަނާ ކުރަންވީ،" ނާޝިޒު ވިދާޅުވި އެވެ.
"މަޖިލިހުގެ ކައިރީގައި ތިބެވޭ ވަރެއް ނޫން. ދުވާ ނުބައި، މުޑުދާރު ވަހުން."
ނާޝިޒު އެގޮތަށް ވިދާޅުވުމާ ގުޅިގެން ޖާބިރު ވިދާޅުވީ ރަލާ ބެހޭ ވާހަކަ ރޮޒެއިނާ އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޑޯޕް ޓެސްޓް ކުރަން ޖެހޭނީ ނާޝިޒު ކަމަށް ޖާބިރު ވިދާޅުވި އެވެ.
"އެ ވާހަކަ ދެއްކެވި މެމްބަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބަނގުރަލާއި އެއް ޖިންސުން ގުޅުން ހިންގުމާ ބެހޭ ކަންކަން،" ނާޝިޒަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ޝާހިދާ ގުޅިވަޑައިގެން އެންމެ ފުރަތަމަ ނާޝިޒު "ހޭއަރުވާލީ" އޭނާ މިހާރު އިސްކޮށް ހުންނެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އޭގެ ފަހުގައި ނާޝިޒު ހޭއަރުވާލީ އެމްޑީޕީ ކަމަށާއި މިހާރު މަސައްކަތް ކުރަނީ ސަރުކާރު ހޭއަރުވާލަން ކަމަށް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑު ވާހަކަ މި ދައްކަނީ ރަނގަޅަށް. ރައީސަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދޮގު ނުހަދާނެ ކަން،" ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވި އެވެ.
ޓެކްސްއާ ގުޅޭ ގޮތުން ޖާބިރު މަޖިލިހުގައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ނާޝިޒު އަނެއްކާ ވެސް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ޖާބިރުގެ ވާހަކަ ހުއްޓުވައިފަ އެވެ.
ޖާބިރަށް ރައްދު ދެއްވައި ނާޝިޒު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖާބިރު އެއްވެސް ޓެކުހެއް ދައްކަވާފައި ނުވާ ކަމަށެވެ. އެގޮތުން ޖާބިރާ ދިމާލަށް އަތް ދިއްކުރައްވައި ނާޝިޒު ވިދާޅުވީ ކުލީގެ ގޮތުގައި 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"ލާރި ދައްކާފައި މިތަނުގައި ވާހަކަ ދައްކަބަލަ. ކިތައް މުވައްޒަފުންނަށްތޯ މުސާރަ ނުދީ ތިހުރީ؟ ވަގަށް އެހެން މީހުންނަށް ގޮވާ އިރު، މިއީ ކާކުތޯ މިތަނުގައި ވާހަކަ ދައްކަން،؟ ނާޝިޒު ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ޖާބިރު ވިދާޅުވީ ދައުލަތަށް އޭނާ ދައްކަވަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ. އޭނާއަކީ އެންމެ ގިނަ އިން ފައިސާ ދައްކަވާ ބޭފުޅާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ވައްކަންކޮށްގެން މަޖިލިހަށް އައިސް، ވައްކަން ކުރިއަރުވަން އެ ކޮމިޓީގައި ނީނދެވޭނެ އެބޭފުޅާ އަށް މާލިއްޔަތު ކޮމިޓީގައި،" ޖާބިރު އަނެއްކާ ވެސް ނާޝިޒަށް ރައްދު ދެއްވި އެވެ.
ޖާބިރާއި ނާޝިޒާ ދެމެދު ހޫނު ޒުވާބެއް މި ހިނގީ އެމްއެމްޕީއާރުސީގެ ތިން ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރޭގައި ރޮޒެއިނާ އާދަމް ހިމެނިވަޑައިގަންނަވާ ކަމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ޖާބިރު ވިދާޅުވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ ޖާބިރު ވިދާޅުވި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަން ޖާބިރު ނޫޅުއްވާ ކަމަށް ވިދާޅުވެ، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ ޖާބިރުގެ ވާހަކަތައް ހުއްޓުވައިފަ އެވެ.
ރާއީ ވިދާޅުވި ގޮތުގައި ކާށިދޫ ދާއިރާގެ ރައްޔިތުން ތިބީ، އެ ދާއިރާ އަށް މި ސަރުކާރުން ބޭނުންވާ ކަންކަން އަޑުއެހުމަށް ތައްޔާރަށެވެ. އޭގެ ބަދަލުގައި "ނޫމަޑި އާއި މޫދު މަޑި" އާ ބެހޭ ގޮތުން ވާހަކަ ދައްކަން ނުޖެހޭ ކަމަށާއި ޖާބިރު ދައްކަވަނީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.
"މިއަދު ދައްކަންވީ ބަޖެޓު ވާހަކަ. އަޅުގަނޑުމެން ވެސް ނުދައްކާނަން ބަޖެޓު ނޫން ވާހަކައެއް. ޖާބިރުގެ ވާހަކައެއް،" ޖާބިރަށް ރައްދު ދެއްވައި ރާއީ ވިދާޅުވި އެވެ.
ޖާބިރު ރުޅި އައީ ދިޔާނާ ފަނޑިޔާރަކަށް ނުހޮވިގެން
ހިޔާނާތުގެ ފައިސާ ރޮޒައިނާ އަށް ލިބުނު: ޖާބިރު
އެންމެ ގިނަ ބައްދަލުވުން ރޮޒޭ އާއި ނާޝިޒްގެ ކޮމިޓީން!
ސަރުކާރެއް ނުހިންގޭ، ދަރަނި ދަނީ ބޮޑުވަމުން: ޖާބިރު
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ
މަޖިލިހުގެ ނައިބަކަށް އެމްޑީޕީން ވާދަކުރާނީ ސަލީމް
ނައިބު ރައީސް ކަމަށް ރޮޒައިނާ، ޖާބިރު އަދި ސަލީމް
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ