10 ނޮވެމްބަރ 2019
ބާރު ގަދަ ފަރާތަކުން ފަނޑިޔާރަކަށް ނުފޫޒު ފޯރުވާ ނަމަ އެ މައްސަލައެއް ބެލުމުން އެ ފަނޑިޔާރަކު ތަނާޒުލްވާން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ބާރު ގަދަ ފަރާތަކުން ފަނޑިޔާރަކަށް ނުފޫޒު ފޯރުވާ ނަމަ އެ މައްސަލައެއް ބެލުމުން އެ ފަނޑިޔާރަކު ތަނާޒުލްވާން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ދާދި ފަހުން ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ. އޭނާ އެގޮތަށް ބަޔާން ނެރުއްވީ އެ މައްސަލައިގެ ހުކުމް އިއްވަން ހަމަޖެހިފައި އޮތް ދުވަހު އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ފާއިޒް، އެމަނިކުފާނުގެ ފޭސްބުކްގައި ވިދާޅުވީ، ފަނޑިޔާރަކަށް ނުފޫޒު ފޯރުވާ ނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން ނުވަތަ އެ މައްސަލައެއް ބެލުމުން ތަނާޒުލްވުމުގެ ފުރުސަތު ފަނޑިޔާރަށް އޮންނާނެ ކަމަށެވެ. އެކަމަކު، ނުފޫޒު ފޯރުވަނީ ބާރުގަދަ ފަރާތަކުން ކަމަށްވާ ނަމަ، އެ މައްސަލައެއް ބެލުމުން އެ ފަނޑިޔާރު ތަނާޒުލްވުން ނޫން ގޮތެއް ނޯންނާނެ ކަމަށް ފާއިޒް ލިޔުއްވާފައިވެ އެވެ.
އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުން ނުފޫޒެއް ފޯރުވަމުންދާއިރު، އެކަން ސިއްރު ކުރައްވައިގެން ހުންނަވައި، މައްސަލަ ބެއްލެވުމަކީ އެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވިގެން ހިނގައިދާނެ ކަމެކެވެ. އަދި ފަނޑިޔާރަކަށް ތުހުމަތެއް ކުރެވޭއިރު، ދިފާއުގައި އޭނާ ކުރައްވާ ތުހުމަތުތައް ވާނީ ހުސް ތުހުމަތުތަކަކަށް ކަމަށް ފާއިޒް ލިޔުއްވާފައިވެ އެވެ.
އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ހުރި ކުރެހުމެއް ހުރި މައްސަލައގަ އެވެ. އެކަމަށް ހައިލަމް މާފަށް އެދިވަޑައިގަތަސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، 60 ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.
އިސް ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާ އެކު، ޔާމީންގެ މައްސަލާގެ ހުކުމް އިއްވުން މިހާރު ވަނީ ފަސްކޮށްފަ އެވެ.
އިސް ގާޒީ ހައިލަމްއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ.
ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް: ފާއިޒް
ފާއިޒްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ލަފައަކަށް އެދެފި
ހައިލަމް ވަކިކުރަން ނިންމި ގޮތް ރަނގަޅު: ކޮމިޓީ
ފަނޑިޔާރުންނަށް ނުފޫޒު: އަދިވެސް އިއްތިފާގެއްތަ؟
ހައިލަމަށް ފައިސާ ދިން ކަމަށް ބުނާ މައްސަލަައެއް ބަލަނީ
ކަންކަން ދާގޮތުން އިންސާފުވެރި ޝަރީއަތް ނުލިބޭނެ:ޖަމީލް
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އަލީ ރަޝީދާ ހަވާލުކޮށްފި
ޔާމީންގެ ޝަރީއަތަށް ދެން ވާނީ ކިހިނެއް؟
ދަށު ކޯޓުތަކުން ޖޭއެސްސީއަށް ހައިލަމް ވާދަކުރައްވަނީ