ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ސެންޓަރެއް ހުޅުވައިފި އެވެ.
13 ނޮވެމްބަރ 2019
ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ސެންޓަރެއް ހުޅުވައިފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގައި މި ބިޒްނަސް ސެންޓަރު ހުޅުވާދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ އެވެ. ވިޔަފާރި އާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މި ސެންޓަރުން ލިބޭނެ އެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލްގެ ލޯނު ޕޯޓްފޯލިއޯ އަށް ބަލާއިރު މިހާރު ވެސް އެކިއެކި ދާއިރާގެ ވިޔަފާރި ހިންގާ 1،300 ވިޔަފާރި އަކަށް 800 މިލިއަން އަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މާލޭގައި ހުޅުވި އާ ބިޒްނަސް ސެންޓަރު މެދުވެރިކޮށް ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރު ތެރޭގައި އައްޑޫގައި ވެސް ބިޒްނަސް ސެންޓަރެއް ބީއެމްއެލް އިން ވަނީ ހުޅުވާފަ އެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ހުޅުވުމަށް ހަމަޖެހިފައިވެ އެވެ.
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ
ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކާ