ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހަމަޖައްސައިފި އެވެ.
08 މާޗް 2020
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހަމަޖައްސައިފި އެވެ.
ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ލޯރާ ޖޭމިސަން، ރާއްޖޭގެ ގައުމީ ބޭންކުގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ކަނޑައެޅި އިރު، އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ސީއީއޯކަމުން މިދިޔަ މަހު އިސްތިއުފާ ދެއްވި މުހައްމަދު ޝަރީފެވެ.
ބީއެމްއެލް އަށް 25 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ޝަރީފް އިސްތިއުފާ ދެއްވިއިރު، އޭނާ އެންމެ ފަހުން ގެންދެވީ އެތަނުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވަމުންނެވެ. ނަމަވެސް ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމުން އަހަރެއްހާ ދުވަސް ކުރިން އޭނާ ހުންނެވީ އިސްތިއުފާ ދެއްވައިފަ އެވެ.
ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ހަމަޖެއްސި ލޯރާ އަކީ ކަސްޓަމާ އެކްސްޕީރިއަންސް އާއި އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ޚާއްސަ ބޭފުޅެކެވެ. އަދި އޭނާ ވަނީ މާލީ ދާއިރާގެ ހިންގުމުގައި އިސް މަގާމުތަކެއް ވަނީ ފުރުއްވައިފަ އެވެ.
ލޯރާ ވަނީ އިނގިރޭސި ވިލާތުގެ ބާކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ، ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން، އިނގިރޭސި ވިލާތުގެ އައިވޯ ބޭންކް ލިމިޓެޑްގެ ޑައިރެކްޓާ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑާ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމު ވެސް ފުރުއްވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔާ ވިދާޅުވީ، ލޯރާ ފަދަ ތަޖުރިބާކާރު ބޭފުޅަކާ އެކު، ކަސްޓަމަރުން އުއްމީދުކުރާ ފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމުން، އެ ބޭންކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކަށް ހެޔޮ ބަދަލު ގެނެވި އިތުރަށް ހަރުދަނާ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ އެ ތަނުގެ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވައިލަމުންނެވެ. މިގޮތުން، ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް މިދިޔަ ދުވަސްތަކުގައި ގެނެސްފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
މާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި
ރާއްޖޭން ބޭރުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަނީ
ދުވާލަކު 200 މީހުންނަށް އެއާޕޯޓުން ޑޮލަރު ވިއްކާ