Roadha Mihaaru
އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް

އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް ރައީސް ފޮނުއްވައިފި

14 ނޮވެމްބަރ 2019

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް ކަމާބެހޭ ގުޅޭ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފޮނުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓް ކަމާބެހޭ ގުޅޭ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފޮނުއްވައިފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ދާދި ފަހުން ވަނީ އަފްރާޝީމްގެ މަރާ ގުޅިގެން އެ ކޮމިޝަނުން ކުރި ތަހުގީގު ނިންމައި، އެ ތަހުގީގުގެ ރިޕޯޓް ރައީސަށް ފޮނުވައިފަ އެވެ. އެކަމަކު އެ ތަހުގީގުގެ ހޯދުންތަކެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށާއި ފުލުހުންގެ އިދާރާ އާއި ކައުންޓަ ޓެރަރިޒަމް ޔުނިޓް އަދި ރައްޔިތުންގެ މަޖިލީހަށެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމީ ޖަލްސާ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓުގައި ހިމެނޭ މައުލޫމާތު ވެސް އާންމު ކުރައްވާނެ ކަމަށެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.