Roadha Mihaaru
ވިސާ ނެތި ފެބުރުއަރީން ފެށިގެން މޮރޮކޯ އަށް ދެވޭނެ

ވިސާ ނެތި ފެބުރުއަރީން ފެށިގެން މޮރޮކޯ އަށް ދެވޭނެ

15 ނޮވެމްބަރ 2019

ވިސާ ނެތި ދިވެހިންނަށް އަންނަ ފެބުރުއަރީ މަހުން ފެށިގެން މޮރޮކޯ އަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވިސާ ނެތި ދިވެހިންނަށް އަންނަ ފެބުރުއަރީ މަހުން ފެށިގެން މޮރޮކޯ އަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ނަސީރު ބޮއުރިޓާއާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި، ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން އިންސާނީ ވަސީލަތްތައް ކުރިއަރުވަން މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އިމާމުން ތަމްރީން ކުރުން ހިމެނެ އެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެނުއަރީ 31ގެ ފަހުން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ރާއްޖެއާ މޮރޮކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަނީ.

އަދި ދީނީ ގޮތުން ދިމާވާ އެކި ކަންކަމުގައި ގުޅިގެން އެކުގައި ކުރިއަށް ދިއުމަށް ވެސް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

މޮރޮކޯގެ ފޮރިން މިނިސްޓަރުގެ އިތުރުން އިސްލާމިކް މިނިސްޓަރާ ވެސް ޝާހިދު ބައްދަލުކުރެއްވި އެވެ. ރާއްޖޭގެ އިމާމުން ތަމްރީން ކުރުމާ ގުޅޭގޮތުން އެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި އެވެ.